ހަލާކުވެފައި އޮތް ކުޑަ ދޯންޏެއް 5 މިލިއަން ރުފިޔާއަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ގަތް މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފަސް މިލިޔަން ރުފިޔާ ހަރަދުކޮށްގެން ވަރަށް ބޮޑަށް ހަލާކުވެފައި އޮތް 40 ފޫޓުގެ ދޯންޏެއް އެމްޕީއެލް އިން ގަތް މައްސަލަ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން މިހާރު ވަނީ ބަލަން ފަށާފައެވެ.
5 މިލިއަން ރުފިޔާގެ ބޮޑު އަގެއް ދީފައި ބާ ދޯންޏެއް އެމްޕީއެލް އިން ގަތް މައްސަލައިގައި އެ ކުންފުނިން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އެމްޕީއެލުން ބޮޑު އަގުގައި ބާ ދޯންޏެއް ގަތް މައްސަލައެއް ބަލަމުންދާކަން އޭސީސީން ޔަޤީންކޮށްދިން ނަމަވެސް އެކަމަކު އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.