Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ހިތަދޫގައި އެކްސިޑެންޓެއް ހިނގައިފި

ހިތަދޫގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެއެވެ.

ޑެއިސީ މަގު(ހިތަދޫ ސްކޫލް މަގު)ގައި ހިނގި މިއެކްސިޑެންޓުގައި އަނިޔާވެފައިވަނީ ހިތަދޫ މީހަކާއި ބިދޭސީ މީހަކަށެވެ.

އެކްސިޑެންޓު ހިނގާފައިވަނީ ގޯޅި އެޅުމުގެ ތެރޭގައި ފަހަތުން ދުއްވާފައި އައި ސައިކަލު ކޮންޓްރޯލް ނުވެ ދެސައިކަލު ޖެހިގެން ކަމަށް މަންޒަރު ދުށް ފަރާތަކުން "އައްޑޫލައިވް" އަށް ކިޔާދީފައިވެއެވެ.

އަނިޔާވި ދެމީހުންވެސް މިހާރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށްވަނީ ގެންދެވިފައެވެ. އެކްސިޑެންޓުގައި އަނިޔާވި ހިތަދޫ ޒުވާނާއަށް ސީރިއަސް އަނިޔާއެއް ނުވެ މިހާރު ހޮސްޕިޓަލުން ވަނީ ދޫކޮށްލެވިފައެވެ. ނަމަވެސް އެކްސިޑެންޓުގައި އަނިޔާވި ބިދޭސީ މީހާއަށް އެކިވަރުގެ އަނިޔާތަކެއް ލިބި ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް މައުލޫމާތު ލިބެއެވެ. މިހާދިސާއާއި ގުޅިގެން ހޮސްޕިޓަލުގެ ބަހެއް ލިބޭގޮތެއް ވެފައިނުވެއެވެ.