އެމްޕީއެލްއިން 5 މިލިއަން ރުފިޔާއަށް ބާ ދޯންޏެއް ގަތް ވާހަކަ އެކުންފުނިން ދޮގުކޮށްފިއެވެ.
އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު މިއަދު ވިދާޅުވީ އެކުންފުނިން ބާ ދޯންޏެއް 5 މިލިއަން ރުފިޔާއަށް ނުގަންނަ ކަމަށާއި އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. ޖުނައިދު ވިދާޅުވީ އެމްޕީއެލްގެ ކަންކަމުގެ ތެރެއަށް އަތް ބޭނުމަށް ދެތިން މީހަކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ފަސް މިލިއަން ރުފިޔާއަށް އެމްޕީއެލްއިން ބާ ދޯންޏެއް ގަތްކަމަށް ބުނެ އަމިއްލަ ފަރާތަކުން އޭސީސީއަށް ވަނީ މައްްސަލަ ހުށަހަޅާފައެވެ.
ޖުނައިދު ވިދާޅުވީ އެކުންފުންނިން 40 ފޫޓްގެ ދޯންޏެއް ނުވެސް ގަންނަ ކަމަށާއި ގަތީ 60 ފޫޓް ދޯންޏެއްކަމަށެވެ.
އެމްޕީއެލްއިން ގަތްކަމަށް ބުނާ ދޯނީގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެފޮޓޯއިން ފެންނަނީ ވަރަށް ބޮޑަށް ބާވެފައިވާ ދޯންޏެކެވެ.