Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

އިއްތިހާދުގެ ނައިބު ލީޑަރަކަށް ޝިފާ

ސަރުކާރާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މޯލްޑިވްސް ޔުނައިޓެޑް އޮޕޮސިޝަންގެ ނަމުގައި ހަދާފައިވާ އިދިކޮޅު އިއްތިހާދުގެ ނައިބު ލީޑަރަކަށް މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަދި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދު އައްޔަން ކުރައްވައިފިއެވެ.

ކުރިން މަގާމު ފުރުއްވަމުން އައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަންގެ މަގާމުވެސް ފުރުއްވި އަލީ ވަހީދު ދެމަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން މިމަގާމު ހުސްވެފައިވަނިކޮށް ޝިފާ މަގާމަށް އައްޔަން ކޮށްފައިވަނީ ގާތްގަނޑަކަށް ދެމަސް ފަހުންނެވެ.

މަގާމުގެ މަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި އަދާނުކުރެވޭ ކަމަށް ގަބޫލު ކުރެވޭތީ ކަމަށް ބުނެ އަލީ ވަހީދު މަގާމުން އިސްތިއުފާ ދެމުން ރާއްޖޭގައި ތިއްބެވި ސިޔާސީ ގާބިލު ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކު އޭނާގެ މަގާމަށް ވަޑައިގަތުމަށް މަރުހަބާ ކިޔާފައިވެއެވެ.

އެމްޔޫއޯގެ ލީޑަރުގެ މަގާމު ފުރުއްވަނީ ރައީސް ޔާމީނުގެ ފުރަތަމަ ނައިބު ރައީސް، ޑރ.މުހައްމަދު ޖަމީލެވެ.