Last Updated: July 1, 00:12
Tuesday, June 30, 2026
ވިޔަފާރި

ބިޑަކާ ނުލައި އަނެއްކާވެސް ތިން ރަށެއް ވިއްކާލަނީ

ފޯ ސީޒަންސް ރިސޯޓް -

ތިން ރަށެއް ނީލަމަށް ނުލައި ވިއްކާލުމަށް ސަރުކާރުން ނިންމައިފިއެވެ.

އެރަށްތައް ވިއްކާލުމަށް ނިންމާފައިވަނީ ފަތުރުވެރިކަމާއި ބެހޭ ކަންކަމަށްޓަކައެވެ.

މިކަން އާންމުކޮށްފައިވަނީ ޓޫރިޒަމް މިނިސްޓްރީން ޖެނުއަރީ 9 ވަނަ ދުވަހު ކުރ އިއުލާނެއްގައެވެ.

އެގޮތުން ވިއްކާލަން ނިންމާފައިވާ ރަށްތަކަކީ ގދ.ބައުޅަގައްލައާއި، ނ.ކުންނުމަލި އަދި ތ.ގާލީ އެވެ.

އެހެންނަމަވެސް އެރަށްތައް ވިއްކާލަން ނިންމާފައިވާ އަގުތަކެއް އަދި އެމިނިސްޓްރީން ހާމަ ކުރައްވާފައެއް ނުވެއެވެ.

މީގެ ކުރިން ނީލަމަށް ނުލައި ވިއްކާލަން ނިންމާފައިވާ ރަށްތަކުގެ ތެރޭގައި އދ.ހުރުއެޅި ހިމެނެއެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރައްވާފައިވާ އިއުލާންގައި ވާގޮތުން ހުރުއެޅީގެ ބޮޑު މިނަކީ 6.30 ހެކްޓަރެވެ. އަދި ލަފާކުރެވޭ ގޮތުގައި އެކުއިޒިޝަން ޚަރަދުގެ ގޮތުގައި ކަނޑައަޅުއްވާފައި ވަނީ 3650000 ޑޮލަރެވެ. އެއީ 56.28 މިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރު ސަރުކާރުން ވަނީ ފަތުރުވެރިކަމަށްޓަކައި ދޫކުރާ ރަށްތަކުގެ ލިސްޓެއް އާންމު ކޮށްފައެވެ. އެލިސްޓުގައި 12 ރަށަކާއި މާލެ އަތޮޅުގެ ދެ ފަޅު ހިމެނެއެވެ.

ޓޫރިޒަމް މިނިސްޓްރީން ހޯމަ ދުވަހު އިއުލާން ކޮށްފައިވަނީ މި 2017 ވަނަ އަހަރު ވިއްކާލަން ނިންމާފައިވާ ރަށްތަކުގެ ތެރެއިން އެންމެ ފުރަތަމަ ތިން ރަށެވެ.

ޓޫރިޒަމް ޤާނޫނަށް ނީލަން ނުކިޔައި ރަށްތައް ދޫކުރެވޭ ގޮތަށް ގެނައި އިސްލާހުގައި ވާގޮތުން އެރަށެއްގައި ހިންގަން ބޭނުންވާ މަޝްރޫޢެއްގެ ފުރިހަމަ ތަފްސީލް ޓޫރިޒަމް މިނިސްޓްރީއަށް ހުށައެޅުމުން އެރަށެއް ދޫކުރެވިގެން ދާނެއެވެ.

އެޤާނޫނުގައި ވާގޮތުން ނީލަން ނުކޮށް ރަށެއް ނުވަތަ ރަށެއް ދޫކުރުމަށްފަހު އެތަނަކާއި ބެހޭ ތަފްސީލާއި މަޢުލޫމާތު އެންޓި ކޮރަޕްޝަން ކޮމިޝަނަށާއި އޮޑީޓާ ޖެނެރަލްގެ އޮފީހަށް ހުށައަޅަން ވާނެއެވެ. އަދި ކޮންމެ މާލީ އަހަރަކު ދޫކުރަން ހަމަޖައްސާ ރަށްތަކާއި ފަޅުތަކުގެ ސަޢްޙަ އަދަދާއި އެތަންތަނާއި ބެހޭ މަޢުލޫމާތު ހިމެނޭހެން ލިސްޓެއްވެސް އާންމު ކުރަން ޖެހޭނެއެވެ.ތި