Last Updated: July 27, 18:03
Tuesday, July 28, 2026
ވިޔަފާރި

ބުރުންޑީގައި ސޯލާ ޕެނެލަށް ޑިއުޓީއެއް ނުނަގާ!

ބުރުންޑާއީ އަކީ ދުނިޔޭގެ އެންމެ ފަޤީރު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެވެ.

އދ.ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގެ އެންމެ ފަޤީރު ޤައުމުތަކުގެ ލިސްޓުގެ 5 ވަނަ އަކީ ބުރުންޑާއީއެވެ. އާބާދީގައި 11 މިލިއަން މީހުން ހިމެނޭ، މި ޤައުމުގެ ޖީޑީޕީ ބޮލަކަށް ޖެހޭ މިންވަރު އުޅެނީ 284 ޑޮލަރުގައެވެ.

އެހެން ނަމަވެސް އެ ޤައުމުގެ ރައްޔިތުންނަށް ރާއްޖޭގެ ރައްޔިތުންނަށް ވުރެ ހިތްހަމެޖެހިގެން އުފާކުރަން ޖެހޭ ކަމެއް އެބަ އޮތެވެ. އެއީ އިޔާދަކުރަނިވި ހަކަތައަށް ދިއުމަށް ފަސޭހަވުމެވެ.

ރާއްޖޭގައި ސޯލާ ޕެނަލް އެތެރެކުރާ ފަރާތްތަކުގެ އަތުން، އިމްޕޯޓް ޑިއުޓީގެ ގޮތުގައި %20 ނަގާއިރު، ބުރުންޑީގައި ސޯލާ ޕެނަލް އެތެރެ ކުރާ ވަރަކަށް އެތެރެ ކުރަންވީއެވެ. އެ ޤައުމުން އެކަމަށް އެއްވެސް ޑިއުޓީއެއް ނުނަގާނެއެވެ.