Last Updated: July 1, 00:12
Tuesday, June 30, 2026
ޚަބަރު

ނޫސްވެރިޔާ ކްލެއާ ހެލިންގްޓަން މަރުވެއްޖެ

ފޮޓޯ: އޭޕީ

ހަނގުރާމައިގެ ޚަބަރުތައް ރިޕޯޓް ކުރާ އިނގިރޭސި ވިލާތުގެ ނޫސްވެރިއެއް ކަމަށްވާ ކްލެއާ ހޮލިންގްވާތު މަރުވެއްޖެއެވެ.

ހޮލިންގްވާތު މަރުވިއިރު އޭނާގެ އުމުރަކީ 105 އަހަރެވެ. އަދި އޭނާ މަރުވީ ހޮންކް ކޮންގްގައެވެ.

1911 ވަނަ އަހަރު ލީސެސްޓާގައި އުފަންވި ހޮލިންގްވާތު އަކީ ދެވަނަ ބޮޑު ހަނގުރާމަ ހިނގުމަށް މެދުވެރިވި ސަބަބު ކަމަށްވާ ނާޒީ އިން ޕޮލޭންޑް ހިޞާރު ކުރި ޚަބަރު އެންމެ ފުރަތަމަ ރިޕޯޓް ކުރި ނޫސްވެރިޔާއެވެ.

އޭނާ ވަނީ ވިއެޓްނާމް، އަލްޖީރިއާ އަދި މެދުއިރުމަތީގެ ޤައުމްތަކުންވެސް ޚަބަރު ރިޕޯޓް ކޮށްފައެވެ.

ހޮލިންގްވާތު ދުނިޔެއަށް މަޝްހޫރު ވެގެން އައީ އޭނާ ޑެއިލީ ޓެލެގްރާފްގައި އާނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދަނިކޮށެވެ.

1939 ވަނަ އަހަރު ޕޮލޭންޑް އިން ޖަރުމަނަށް ދަތުރު ކުރަމުން ދަނިކޮށް ޖަރުމަނުގެ ސަލާމަތީ ބާރުތައް ޕޮލޭންޑްގެ ބޯޑަރު ކައިރީގައި ފާރަ ލައިގެން ތިބިތަން އެންމެ ފުރަތަމަ ފެނުނީވެސް އޭނާއަށެވެ.

އޭގެ ތިން ދުވަސް ވަހުން ނާޒީން ޕޮލޭންޑް ހިޞާރު ކުރުމުގެ މަސައްކަތް ފެށިކަމުގެ ޚަބަރާއިއެކު ހޮލިންގްވާތު އަނެއްކާވެސް ދުނިޔޭގެ ސަމާލު ކަމަށް އައެވެ.

ރިޕޯޓަރަކަށް ވުމުގެ ކުރިން ހޮލިންގްވާތު ވަނީ ހިޓްލަރުގެ ބާރުގެ ދަށުން ސަލާމަތް ވުމަށްޓަކައި އެތައް ހާސް ބަޔަކަށް އިނގިރޭސި ވިލާތުގެ ވިސާތައް ހަމަޖައްސައިދީ އެމީހުންނަށް އެހީތެރިވެ ދީފައެވެ.