ޒެފިއާ އަންޑަ 15 ފުޓްބޯލް ފެސްޓުގެ ފައިނަލުގައި އެފްސީ ސްކޫޕް ކަންމަތި އަދި އެފްސީ އުސްގަނޑަ ބައްދަލު ކުރާ މެޗު މިއަދު ހަވީރު 4 30 ގައި ފަށާނެއެވެ.
މުބާރާތުގައި އެންމެ ވާދަވެރި ކުޅުމެއް ފެންނަމުން އައި ދެޓީމު ކަމަށްވާ ސްކޫޕް ކަންމަތި އަދި އެފްސީ އުސްގަނޑަ ޓީމު ގަދަ ހިފުމަކަށް ގޮސްފައިވާއިރު ސްކޫޕް ކަންމަތި މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފައިވަނީ އެކްސް ނިއު ޖެނެރޭޝަން 3-10 އިން ބަލިކޮށްގެންނެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބުމަށް ހަމަޖެހިފައިވާއިރު ރަނަރަޕް ޓީމަށް 2،500 ރުފިޔާގެ ފައިސާގެ އިނާމެއް ހަމަޖެހިފައިވެއެވެ.
މުބާރާތުގެ ފައިނަލް މެޗުގައި ކުޅޭ ދެ ޓީމަށް ސަޕޯޓުކުރަން ވީހާވެސް ގިނަ ފަރާތްތަކުން އީދިގަލި ދަނޑަށް ވަޑައިގަތުމަކީ އެފްސީ ޒެފިއާގެ ވަރަށް ބޮޑު އެދުމެކެވެ.