Last Updated: July 1, 00:12
Tuesday, June 30, 2026
މުނިފޫހިފިލުވުން

ލަވަކިޔުންތެރިޔާ ބާދްޝާހް ބައްޕައަކަށް

'ކާލާ ޗަޝްމާ' އާއި 'ދަ ހައްމާ ސޯންގް' ފަދަ މަޝްހޫރު ލަވަތައް ކިޔާފައިވާ ބޮލީވުޑްގެ ރެޕް ލަވަކިޔުންތެރިޔާ ބާދްޝާ އަށް އަންހެން ކުއްޖަކު ލިބިއްޖެއެވެ.

ދަރިފުޅާއި މަންމަ ޖޭސްމިންގެ ޙާލުވެސް ރަނގަޅު ކަމަށް މަޢުލޫމާތު ލިބެއެވެ.

ބާދްޝާގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ ރެޕް ލަވަކިޔުންތެރިޔާ ރަފްތާރު ވަނީ ދަރިފުޅުގެ ފޮޓޯއަކާއި އެކު އިންސްޓަގްރާމް މެދުވެރިކޮށް އެއުފާވެރި ޚަބަރު ހިއްސާ ކޮށްފައެވެ.

ޕަންޖާބްގެ މިއުޒިކް އިންޑަސްޓްރީގައި ރަސްކަން ކުރުމަށްފަހު ބާދްޝާ މިހާރު ދަނީ ބޮލީވުޑްގައިވެސް ވަރަށް ބޮޑަށް މަޤްބޫލް ވެފައެވެ. އޭނާގެ އެންމެ މަޝްހޫރު ލަވަތަކުގެ ތެރޭގައި 'ދަ ބްރޭކަޕް ސޯންގް'، 'ކަރް ގައީ ޗުލް' އަދި 'އަބީ ތޯ ޕާޓީ ޝުރޫ ހުއީ ހޭ" ހިމެނެއެވެ.