މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ގުޅޭ ގޮތުން މީޑިއާތަކުގައި ދެކެވެމުން އަންނަ ވާހަކަތަކަށް އެ ކުންފުނީގެ ސީއީއޯ މުހައްމަދު ޖުނައިދު ރައްދު ދެއްވައި ވާހަކަފުޅު ދައްކަވައިފިއެވެ.
އެމްޕީއެލް އިން އިސްނަގައިގެން ބާއްވާ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމް ފެއްޓުމަށް ބޭއްވި ރަސްމިއްޔާތުގައި ޖުނައިދު ވަނީއެމްޕީއެލުން ފަސް މިލިއަނަށް ބާ ދޯންޏެއް ގަތް ކަމަށް ބުނާ ވާހަކައަށް ރައްދު ދެއްވާފައެވެ.
އެ ޚަބަރާ ގުޅޭ ގޮތުން ޖުނައިދު ވިދާޅުވީ، އެއީ ދޮގު ވާހަކައެއް ކަމަށާއި ދޯންޏެއް ގަތީ "ތިނެއް ޕޮއިންޓް ކޮންމެވެސް މިލިއަނަކަށް" ކަމަށެވެ. އެހެން ނަމަވެސް ދޯނި ގަތް ސީދާ އަގު ވިދާޅެއް ނުވެއެވެ.
"ފަސް މިލިއަން ކީއްކުރަންތޯ ދިހަ މިލިއަން ރުފިޔާއަށް ވެސް ދޯނި ގަންނަންޖެހިއްޖެއްޔާ ގަންނާނަން. އެކަމަކު އެކަށީގެންވާ ދޯންޏެއް ގަންނާނީ. އަޅުގަނޑު ދަންނަވާނީ އެއީ މުޅިން ދޮގެކޭ 5 މިލިއަނަކަށް މިތާ ދޯންޏެއް ނުގަނޭ، 3 ޕޮއިންޓް ކޮންމެސް މިލިއަނަކަށް ގަތީ"، ޖުނައިދު ވިދާޅުވިއެވެ.
އެމްޕީއެލް އިން ނުއަގުގައި ބާ ދޯންޏެއް ގަތް ކަމަށް ބުނެ އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައެއް އޭސީސީ އިން މިހާރު ގެންދަނީ ބަލަމުންނެވެ.