Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ޖަޕާނުން އުތުރު ކޮރެއާގެ ބޯޓެއްގައި ތިބި ބަޔަކު ސަލާމަތްކޮށްފި

ޖަޕާނުގެ ކަނޑުގައި ބެހެމުން ދިޔަ އުތުރު ކޮރެއާގެ ބޯޓަކުން 26 މީހަކު އިއްޔެގެ ވަގުތެއްގައި ސަލާމަތްކޮށްފިއެވެ.

ޖަޕާން ކޯސްޓު ގާޑުން ބޯޓެއްގެ ސިގްނަލް ލިބެން ފެށުމުން ދިޔައީ ބޯޓުގެ ސިގްނަލް ކެނޑި ހާލުގައި ޖެހިފައި އޮތް އުޅަނދެއް ކަމަށް ލަފާކުރެވިގެންނެވެ.

ޖަޕާނުގެ ގޮޓޯ އައިލެންޑުގެ ދެކުނަށް 61 ކިލޯ މީޓަރުގައި އޮތް މިބޯޓާއި ހަމައަށް އެގައުމުގެ ކޯސްޓު ގާޑަށް ދެވުނީ ބޯޓު އަޑިއަށް ދާން ކައިރިވެފައިވަނިކޮށެވެ.

ނަމަވެސް ކޯސްޓް ގާޑުގެ އެހީތެރިކަމާއެކު ބޯޓުގައި ތިބި 26 މީހުންވެސް ވަނީ ސަލާމަތް ކުރެވިފައެވެ. މިމީހުންގެ އިތުރުން ބޯޓު ދިޔައީ 6،558 ޓަނުގެ ހަނޑޫ ބަރުކޮށްގެނެވެ.

މިއީ ޖަޕާނުން އުތުރު ކޮރެއާގެ އުޅަނދަކަށް އެހީތެރިކަން ފޯރުކޮށްދިން ފުރަތަމަ ފަހަރު ކަމަށް ކޯސްޓު ގާޑުން ބުނެފައިވެއެވެ. އުތުރު ކޮރެއާއާއި ޖަޕާނަކީ ދެގައުމު ދެމެދުގައި ސިޔާސީ ގުޅުމެއް އޮންނަ ދެގައުމެއް ނޫނެވެ.