Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

އައްޑޫގައި ނުރައްކާތެރި ދެ އެކްސިޑެންޓު ހިނގައިފި

ފޮޓޯ: މުހައްމަދު ސާއިދު

މިރޭ އިރާކޮޅު އައްޑޫ ސިޓީގައި ނުރައްކާތެރި ދެއެކްސިޑެންޓު ހިނގައިފިއެވެ.

ހިތަދޫ ނައީމީ ސްޓޯރ ކައިރިން ހިނގި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ފިރިހެނަކަށާއި އަންހެނަކަށް ކަމަށް މަންޒަރު ދުށް ފަރާތަކުން މައުލޫމާތު ދީފައިވެއެވެ.

ދެވަނަ އެކްސިޑެންޓުގައި ފޭދޫއާއި މަރަދޫފޭދޫ ގުޅޭ ތަނުން ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލް ނުވެ ފާރަކަށް އަރައި ފާރު ވެއްޓިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް މިއެކްސިޑެންޓުގައި ކާރު ދުއްވަން ހުރި ޒުވާނާއަށް އަނިޔާވެފައި ނުވާކަމަށް މަންޒަރު ދުށް ފަރާތަކުން "އައްޑޫ ލައިވް" އަށް ކިޔާދިނެވެ.

ނަމަވެސް އެކްސިޑެންޓުގައި ކާރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ.