އުމުރުން 12 އަހަރުގެ ފިރިހެން ކުއްޖަކު، އަންހެން ކުއްޖަކު ކާން ހުރި ކުކުޅު ނަގެޓްސް ދިނުމަށް އަމުރުކޮށް އެކުއްޖާއަށް ބަޑިން ބިރު ދެއްކި ކަމަށް ނިއު ޔޯކްގެ ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނާ ގޮތުގައި އަންގާރަ ދުވަހު ހާލެމްގައި ހުންނަ މެކްޑޯނަލްޑްސް ރެސްޓޯރެންޓްގައި ކާންހުރެ އެފިރިހެން ކުއްޖާ ވަނީ ނަގެޓްއެއް ދިނުމަށް އެދިފައެވެ.
ނަގެޓް ދިނުމަށް އަންހެން ކުއްޖާ ދެކޮޅު ހެދުމުން، އެފިރިހެން ކުއްޖާ ވަނީ އަންހެން ކުއްޖާގެ ފަހަތުން ކައިރީގައި ހުރި ސަބްވޭއަކަށް ގޮސް އޭނާގެ ބޮލަށް ބަޑިއެއް ދިއްކޮށް ބިރު ދައްކާފައެވެ.
އަންހެން ކުއްޖާ އެބަޑި ދުރުކޮށްލުމަށްފަހު ވަނީ ޓްރެއިން ބޯޑު ކުރުމަށްފަހު ގޮސްފައެވެ. އެއަށްފަހު އެފިރިހެން ކުއްޖާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ނިއު ޔޯކް ޕޮލިސް ޑިޕާޓްމެންޓް އިން ބުނާ ގޮތުގައި ފިރިހެން ކުއްޖާ ގެންގުޅުނު ބަޑި އަދި ނުފެނެއެވެ. އަދި އެއީ އަސްލު ބަޑިއެއްތޯ ނުވަތަ ކުޅޭ ކުޅޭ ބަޑިއެއްތޯވެސް ކަށަވަރު ވެފައި ނުވެއެވެ.
ފުލުހުން ބުނާ ގޮތުގައި އެފިރިހެން ކުއްޖާ ވަނީ އަންގާރަ ދުވަހު ދޫކުރެވިފައެވެ. އަދި އެމައްސަލަ ވަނީ އާއިލީ ކޯޓްތަކަށް ހުށައަޅާފައެވެ.