Last Updated: July 1, 00:12
Tuesday, June 30, 2026
މުނިފޫހިފިލުވުން

ޖެމީ ފޮކްސް އާ ގޭމް ޝޯއެއްގެ ހޯސްޓަަކަށް

ފޮޓޯ: ޓީވީ ގައިޑް

ހޮލީވުޑް އެކްޓަރެއް ކަމަށްވާ ޖޭމީ ފޮކްސް މިއަހަރު މުޅިން އާ ގޭމް ޝޯއެއް ހޯސްޓް ކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

"ބީޓް ޝަޒަމް" ނަމަކަށް ކިޔާ އެ ޝޯގައި އެކިއެކި ޓީމްތައް މަސައްކަތް ކުރާނީ ހިޓް ލަވަތަކުގެ ނަންތައް ދިމާ ކުރުމަށެވެ. އެންމެ ގިނައިން ސްކޯ ކުރާ ޓީމަކުން ޖެހޭނީ ފައިސާގެ އިނާމަކަށްޓަކައި ލަވަތައް ދެނެގަނެވޭފަދަ އެޕެއް ކަމަށްވާ ޝަޒަމް އާއި ވާދަ ކުރަން ކަމަށް ބިލްބޯޑް އިން ބުނެއެވެ.

ހޫނު މޫސުމުގައި ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވާ އެ ޝޯގެ އެގްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކުރާނީ ޖޭމީ ފޮކްސްއެވެ.