އެލައިޑް އިންޝުރެންސް ކުންފުނިން ހިތަދޫގައި ހިންގަމުން އަންނަ އޮފީސް އެހެން އިމާރާތަކަށް ބަދަލު ކުރުމަށް ނިންމައި ރަނގަޅު ލޮކޭޝަނަކުން އިމާރާތެއް ހޯދުމަށް އިއްލާން ކޮށްފިއެވެ.
އެކުންފުނިން ނެރެފައިވާ އިއްލާންގައި ބުނެފައިވަނީ އެލައިޑްގެ އޮފީސް ހިންގުމަށް 3000 ނުވަތަ 4000 އަކަ ފޫޓްގެ ޖާގައެއް ހުރި އިމާރާތެއް މަދުވެގެން 5 އަހަރަށް ބޭނުން ކަމަށެވެ. އަދި އިމާރާތެއް ކުއްޔަށް ދިނުމަށް ބޭނުންވާ ފަރާތްތަކުން މިމަހުގެ 17 ވަނަ ދުވަހު 11 އިގެ ކުރިން އިމާރާތް ހުންނަ ސަރަހައްދާއި، އިމާރާތުގެ ކުރެހުމާއި، ކުލި އަދި ކުއްޔަށް ދެވޭނެ މުއްދަތާއި، އެޑްވާންސް ފީގެ ޖުމްލަ އެގޭ ގޮތަށް މެއިލް އިން ހުށަހެޅުމަށް އެކުންފުނިން ވަނީ އެދިފައެވެ.
އެލައިޑް އިންޝޫރެންސްއިން މިހާރު ހިތަދޫގައި ހިންގާ އޮފީސް ހިންގަނީ ކައުންސިލް އިދާރާގެ އަރިމަތިން އޮންނަ މަގުގައި ހުންނަ ގެއެއްގެ ތެރޭގައެވެ. އެތަނަކީ އެނގޭ ތަނެއް ނޫނެވެ. މީގެ ކުރިން އެލައިޑް އޮފީސް ހިންގީ މަރަދޫފޭދޫގައެވެ.