Last Updated: June 26, 06:30
Friday, June 26, 2026
ޚަބަރު

ޑައިވަރަކު ސީރިއަސްވެ، ކުއްލި ފަރުވާ ދޭން އައްޑު އަށް

ގދ. ފިޔޯރީ ކައިރިން އެންދެމުމަށް ޑައިވް ކުރި މަރަދޫ މީހަކު ސީރިއަސްވެ، އިތުރު ފަރުވާ ދިނުމަށް އެމްއެންޑީއެފްގެ ހެލިކެޕްޓަރގައި އައްޑޫއަށް ގެނެސްފިއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޑައިވިން އަށް ގޮސް ސީރިއަސް ވެފައިވަނީ މަރަދޫ "ރަހާ" ދޯނީގެ ފަޅުވެރިއެކެވެ.

މިއަދު ހަވީރު 3:45ގައި ގަމަށް ޖެއްސި އެމްއެންޑީއެފްގެ ހެލިކަޕްޓަރުގައި އައްޑޫއަށް ގެނައި 37 އަހަރުގެ ފިރިހެންމީހާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު މިހާރު އިތުރު ފަރުވާ ދިނުމަށް އައްޑޫ ސިޓީގައި ހިންގާ ޝަންގްރިއްލާ ރިސޯޓަށް ގެންދިއުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް ވެސް ވަނީ، ޑީކޯ ވެގެން ގެނައި މީހާ އިތުރު ފަރުވާއަށް ޝަންގްރިއްލާ ރިސޯޓަށް ގެންދިއުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ވިދާޅުވެފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ގދ. ވާދޫ ކައިރިއަށް ޑައިވިންއަށް ދިޔަ މީހަކު ވެސް ވަނީ ނިޔާވެފައެވެ.