Last Updated: June 4, 23:38
Thursday, June 4, 2026
ޚަބަރު

އެމްޑީޕީގެ ވިސްނުމަކީ އީސީސީގައި "ހަންޑި" ގެސްޓް ހައުސް އެއް ބިނާކުރުން

އިސީސީ ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ފަށާފައިވާ މަސައްކަތަށް ފާޑުކިޔަމުން ގެންދާ ފަރާތްތަކަށް ފޭދޫ ދާއިރާގެ ކައުންސިލަރ ކަމަށް ކެމްޕެއިން ފަށާފައިވާ އަލީ ހަނީޒް ރައްދު ދީފިއެވެ.

ރޭ ފޭދޫ ޕީޕީއެމް އޮފީސް ކުރިމަތީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން ހާނިޒް ބުނި ގޮތުގައި އެމްޑީޕީގެ ވިސްނުމަކީ އީސީސީގައި ހަންޑި ގެސްޓް ހައުސް އެއް ބިނާކުރުން ކަމަށެވެ.

"އެމްޑީޕީގެ ވިސްނުމަކީ އީސީސީގައި ހަންޑި ގެސްޓް ހައުސް އެއް ބިނާކުރުން."

ސަރުކާރަށާއި ރައީސް ޔާމީން އަށް ތައުރީފްކޮށް ރޭގެ ޖަލްސާގައި ވާހަކަ ދައްކަމުން ހަނީޒް ބުނެފައިވަނީ 2017 ވަނަ އަހަރަކީ އައްޑޫއަށް ގިނަ ގުނަ ތަރައްޤީ އަންނާނެ އަހަރެއް ކަމަށެވެ.

ފޭދޫ ޔޫތް ކޮމިއުނިޓީގެ (އެފްވައިސީ) ރައީސްކަން ވެސް ކުރައްވާ އަލީ ހަނީޒްގެ އިތުރުން ފޭދޫ ދާއިރާގެ ކައުންސިލަރ ކަމަށް ދެން ވާދަކުރާނީ މިހާރު ވެސް ފޭދޫ ދާއިރާގެ ކައުންސިލަރ ކަން ކުރައްވާ އަލީ ފަހީމް އެވެ.