މީގެ އަހަރުތަކެއް ކުރިން ރާއްޖޭގެ ހުރިހާ ގެއެއްގައިވެސް ވަރަށް ފޯރިއާއިއެކު ބަލަމުން ދިޔަ ހިންދީ ޓީވީ ޑްރާމާ ސީރީސް ކަމަށްވާ 'ކަސޯޓީ ޒިންދަގީ ކީ' ގައި ޕްރޭނާގެ ރޯލް ކުޅުނު އެކްޓްރެސް ކަމަށްވާ ޝްވެތާ ތިވާރީއަށް އަނެއްކާވެސް ކުއްޖަކު ލިބިއްޖެއެވެ.
ނޮވެމްބަރު 27 ވަނަ ދުވަނު ފިރިހެން ދަރިފުޅަކު ލިބުނު ޝްވެތާ ވަނީ ދަރިފުޅުގެ ފޮޓޯއެއް ފުރަތަމަ ފަހަރަށް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ.
ޝްވެތާއާއި އޭނާގެ ފިރިހެނުން އަބިނަވް އެފިރިހެން ދަރިފުޅަށް ދީފައިވާ ނަމަކީ ރެޔާންޝް ކޯލީއެވެ.
ރެޔާންޝްގެ ފޮޓޯއެއް "އަހަރެންގެ ވަށައިގެން ވަނީ އުފާވެރިކަން" ލިޔެ ކެޕްޝަން ކޮށް ޝްވެތާ ވަނީ ޕޯސްޓް ކޮށްފައެވެ.
މީގެ ކުރިން ޝްވެތާ ކައިވެނި ކޮށްގެން އުޅުނީ ރާޖާ ޗޯދުރީ އާއިއެވެ. އެކައިވެންޏަށް ވަނީ ޕަލަކް ނަމަކަށް ކިޔާ އަންހެން ކުއްޖަކު ލިބިފައެވެ.
ރެޔާންޝް އަކީ ޝްވެތާއާއި އަބިނަވްގެ އެންމެ ފުރަތަމަ ދަރިފުޅެވެ.