ކީރިތި ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމްްގެ ސުންނަތާއި ނަބަވީ އިރުޝާދުގެ އަލީގައި ގަސްގަހާގެހީގެ ތަފާތު ބާވަތްތައް ބޭނުންކޮށްގެން، ބޭސްފަރުވާ ކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން ރާއްޖޭގައި މަހާސިންތާއެއް ބޭއްވެވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނިންމަވައިފިއެވެ.
މެލޭޝިޔާގެ ޔުނިވަރސިޓީ އޮފް މަލާޔާއާ ގުޅިގެން ބާއްވާ މި މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 17 ވަނަ ދުވަހުއެވެ.
މަހާސިންތާއަށް ތައްޔާރުވެވަޑައިގަތުމުގެ ގޮތުން، އެ ޔުނިވަރސިޓީގެ ކަމާގުޅޭ މާހިރުންނާއި ޕްރޮފެސަރުންގެ ފަންނީ ބޭފުޅުންނާ މިނިސްޓްރީގެ ފަރާތުން ބައްދަލުކޮށް މަހާސިންތާގެ އިދާރީ ކަންކަން ކުރިޔަށް ގެންދާނެ ގޮތާއި ބެހޭ ގޮތުން މަޝްވަރާކުރައްވާފައިވާކަމަށްވެސް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.