Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

މަރަދޫފޭދޫ ފެނަކަ މުވައްޒަފުންނަށް ދިވެހި ބަހުގެ ވޯކްޝޮޕެއް

މަރަދޫފޭދޫ ފެނަކަ އޮފީހުގައި މަސައްކަތް ކުރާ އިދާރީ މުވައްޒަފުން ދިވެހިބަހަށް އަހުލުވެރި ކުރުމުގެ ގޮތުން ވޯކްޝޮޕެއް ފަށައިފިއެވެ.

މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 17 ގެ ނިޔަލަށް ކުރިއަށް ގެންދާ މިވޯކްޝޮޕްގައި ކިޔަވައި ދެއްވަނީ، ދިވެހި ބަހުގެ އުސްތާޒެއް ކަމަށްވާ، ސ. ހިތަދޫ، ކެމީ، ހަސަން ލަބީބެވެ.

12 މުވައްޒަފުން ބައިވެރިވާ މި ކޯހުގައި ދިވެހިބަހުގެ ދަރަޖަތަކާއި، ހުންނަރުތަކާ ބެހޭ ގޮތުން މައުލޫމާތު ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ފެނަކަ ކޯޕަރޭޝަންގެ މަރަދޫފޭދޫ ބްރާންޗުން މައުލޫމާތު ދޭ ގޮތުގައި ހަތްދުވަހަށް ކުރިއަށް ގެންދާ މި ވޯކްޝޮޕަކީ ހަސަން ލަބީބު ހިލޭ ސާބަހަށް ކުރިއަށް ގެންދާ ވޯކްޝޮޕެއް ކަމަށެވެ.