Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

އީދިގަލި އާއި ހޮސްޕިޓަލްގެ ސެކިޔުރިޓީ އަށް މީހުން ހޯދަނީ

އީދިގަލި ކިޅި. ފޮޓޯ: ޝަރަފް

އީދިގަލި ކިޅި ހިމެނޭ ސަރަހައްދާއި، ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ސެކިޔުރިޓީ ބެހެއްޓުމަށް 50 މީހުން ހޯދަން މޯލްޑިވްސް ޕޮލިސް ސަރވިސް އިން އިއުލާން ކޮށްފިއެވެ.

ޖެނުއަރީ މަހުގެ 9 ވަނަ ދުވަހު ސްޕެޝަލް ކޮންސްޓަބްލަރީ ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައި ވާއިރު އިއުލާނުގެ މުއްދަތު ހަމަވާނީ ފެބްރުއަރީ 9 ވަނަ ދުވަހަށެވެ.

އައްޑޫ ސިޓީ ކޮމާންޑަރ ސަބްއިންސްޕެކްޓަރއޮފް ޕޮލިސް ޖަމްޝީދު އަލީ ވިދާޅުވި ގޮތުގައި އީދިގަލި ކިޅި ހިމެނޭ ސަރަހައްދަކީ ސަރުކާރުން ހިމާޔަތް ކުރައްވާފައިވާ ސަރަހައްދަކަށް ވުމުން ފުލުހުންގެ ރިޒާވް ފޯހުން އެތަނުގެ ސެކިޔުރިޓީ ބަލަހައްޓަން ފެށުމުން އެތަނުގެ ސެކިޔުރިޓީ ވަރަށް ރަނގަޅަށް ބެލެހެއްޓިގެންދާނެ ކަމަށެވެ.

ސްޕެޝަލް ކޮންސްޓަބަލުންނަކީ ފުލުހުންގެ ވަޒީފާއަށް ބޭނުންވެގެން ގޮވާލެވޭ ހިނދެއްގައި ފުލުހުންގެ ވަޒީފާއަށް ނުކުމެ އެފަރާތަކާއި ހަވާލުކުރެވޭ ޚާއްސަ ވަކި މަސައްކަތެއް ކަނޑައެޅޭ މުއްދަތަކަށް އަދާކުރުމަށްޓަކައި ތައްޔާރުކުރެވޭ މުވައްޒަފުންނެވެ.

ސްޕެޝަލް ކޮސްޓަބަލުންނާއި ބެހޭ އިތުރު މައުލޫމާތު ހޯދުމަށް މި ލިންކް