ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދަންފަޅި އަންނަ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.
ގާނޫނު އަސާސީއާއި އެއްގޮތަށް މިޖަލްސާގައި ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މަޖިލީހަށް ހާޒިރުވެ ރިޔާސީ ބަޔާން އިއްވަވާނެއެވެ.
މިބަޔާނުގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ، އިތުރަށް ރަނގަޅު ކުރުމަށް ރައީސްއަށް ފެނިވަޑައިގަންނަވާ ކަންތައްތައް ރައްޔިތުންނަށް އިއްވަން ޖެހޭނެއެވެ.
ތިން ދަންފަޅިއަކަށް ކޮންމެ އަހަރަކުވެސް މަޖިލީހުގެ ޖަލްސާތައް ބަހާލެވިފައިވާއިރު ފުރަތަމަ ދަންފަޅި ކުރިއަށްދާނީ ފެބްރުއަރީ އިން ފެށިގެން އެޕްރިލް އާއި ހަމައަށެވެ. ކޮންމެ ދަންފަޅިއެއްގެ ފުރަތަމަ ޖަލްސާ ބާއްވަން ޖެހޭނީ ދައުރު ފެށޭ ތާރީހާ ވިދިގެން އެންމެ ފުރަތަމަ އަށް ޖެހޭ ހޯމަ ނުވަތަ ބުރާސްފަތި ދުވަހުގައެވެ.