Last Updated: June 26, 06:30
Friday, June 26, 2026
ވިޔަފާރި

ގަމުން ބެންކޮކަށް ހާއްސަ ހޮލިޑޭ ޕެކޭޖެއް

ސްރީލަންކަން އެއާލައިންސުން ހާއްސަ ޗުއްޓީ ޕެކޭޖްތަކެއް ގަމުން ކޮލަމްބޯ، ބެންކޮކް، މެލޭޝިއާ އަދި ސިންގަޕޫރަށް ފަށައިފިއެވެ.

ސްރީލަންކަންގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އެޖެންޓް އޭސް ޓްރެވަލްސްއިން ބުނީ ހޮލިޑޭ ޕެކޭޖްގެ އަގު 418 ޑޮލަރުން ފެށިގެން 573 ޑޮލަރާއި ދެމެދު އަގުތަކެއްގައި ހަަމަޖެހިފައިވާ ކަމަށެވެ. އެގޮތުން 3 ދުވަހު ހުރުމާއި އެކު ދެކޮޅު ޓިކެޓް ކޮލަމްބޯއަށް ވިއްކަނީ 418 ޑޮލަރަށެވެ.

ބެންކޮކްއަށް ދެކޮޅު ޓިކެޓާއި 3 ދުވަހުގެ ހުރުމުގެ ހަރަދާއި އެކު ހަމަޖެހިފައިވަނީ 543 ޑޮލަރަށެވެ. މެލެޝިއާއަށް 499 ޑޮލަރުގައި މި ޕެކޭޖް ހުރި އިރު ސިންގަޕޫރަށް ހަމަޖެހިފައިވަނީ 573 ޑޮލަރެވެ.

އޭސް ޓްރެވަލްސްއިން ބުނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން 15 ފެބްރުއަރީ އާއި ހަމައަށް މި ޕެކޭޖްގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން މި ހޮލިޑޭ ޕެކޭޖްގެ ދަށުން ޓިކެޓް ބައްލަވައިގަންނަވާ ފަރާތްތަކަށް 31 މާޗް 2017 އާއި ހަމައަށް ދަތުރު ކުރެވޭނެއެވެ.

ގަމުން ކޮލަމްބޯއަށް ސީދާ ދަތުރުފަށާފައިވާ އިރު ހަފްތާއަކު 4 ފްލައިޓް މިހާރު ބާއްވައެވެ.