Last Updated: July 27, 18:03
Tuesday, July 28, 2026
ވިޔަފާރި

ޓޫރިޒަމް އިންވެސްޓްމަންޓް ފޯރަމެއް އައްޑޫގައި

އައްޑޫ ސިޓީގައި ފެބްރުއަރީ މަހުގެ ތެރޭގައި ޓޫރިޒަމް އިންވެސްޓްމަންޓް ފޯރަމެއް ބާއްވަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވި ގޮތުގައި ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ލޯކަލް ޓޫރިޒަމް އިންވެސްޓްމެންޓް ފޯރަމް އައްޑު އަތޮޅަށް އަމާޒު ކުރީ ދެކުނުގެ އެ ސިޓީގައި ޓޫޒިޒަމަށް އޮތް ފުރުސަތު ބޮޑު ކަމުން ކަމަށެވެ.

"އަޅުގަނޑު މި ބަލަނީ ފެބުރުއަރީ މަހު މި އިންވެސްޓްމެންޓް ފޯރަމް އައްޑޫގައި ބާއްވަން. މި ފޯރަމަކީ ރާއްޖޭގެ އިންވެސްޓަރުންނަށް ހާއްސަ ފޯރަމެއް،" މިނިސްޓަރު ރޭ ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ އައްޑޫގައި ގެސްޓް ހައުސް ވިޔަފާރީގެ ފުރުސަތުތައް ވަރަށް ބޮޑު ކަމަށާއި އެހެންވެ އެކަމަށް ބޭނުންވާނެ ފަހި ގޮތްތައް ލިބޭނެ ކަންކަން ގެންނަން ޖެހޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އައްޑޫ ފޯރަމްގައި މޫދު ކުޅިވަރުތަކާއި ގެސްޓް ހައުސް އާއި އިންޓްގްރޭޓެޑް ޓޫރިޒަމާ ގުޅިފައިވާ ދާއިރާތަކުން ރާއްޖޭގެ ހުރިހާ ހިސާބެއްގެ އިންވެސްޓަރުންނާއި ވިޔަފާރިތައް ބައިވެރި ކުރާނެ ކަމަށާއި އެކަމާ ގުޅުންހުރި ކަންކަން މިހާރު ހިނގައިގެންފައިވާ ކަމަށެވެ.