Last Updated: July 1, 00:12
Tuesday, June 30, 2026
ޚަބަރު

ހަނދަށް އެންމެ ފަހުން ދިޔަ މީހާ މަރުވެއްޖެ

ފޮޓޯ: އީޕީއޭ

ހަނދަށް އެންމެ ފަހުން ދިޔަ މީހާ ކަމަށްވާ އެމެރިކާގެ އެސްޓްރޮނައުޓް ޖީން ސާނެން މަރުވެއްޖެ އެވެ.

އޭނާ މަރުވި އިރު އުމުރަކީ 82 އަހަރެވެ.

އެމެރިކާގެ ޖައްވުގެ އޭޖެންސީ ކަމަށްވާ ނާސާއިން ބުނީ ރިޓަޔާވެފައިވާ ސްޕޭސްމޭން އެއް ނިޔާވުމަކީ ވަރަށް ހިތާމަހުރި ބޮޑު ގެއްލުމެއް ކަމަށެވެ.

ކެޕްޓަން ސާނެން އަކީ ހަނދަށް ދެފަހަރު ދިޔަ އެންމެ ތިން މީހުންގެ ތެރެއިން އެކަކެވެ. އަދި އޭނާއަކީ 1972 ވަނަ އަހަރު ހަނދުގެ ލޫނާ ސާފޭސްގައި އަމިއްލަ ފައިގެ ނިށާންތައް ދޫކުރި އެންމެ ފަހު މީހާވެސް މެއެވެ.

އޭނާއަކީ އެއިރުގެ އެޕޯލޯ 17 މިޝަންގެ ކޮމާންޑަރެވެ.

މިހާތަނަށް ހަނދަށް ގޮސަފައިވަނީ 12 މީހުންނެވެ. އޭގެތެރެއިން މިހާރު ދުނިޔޭގައި ތިބީ އެންމެ ހަމީހުންނެވެ.

ސާނެންގެ އާއިލާއިން ނެރުނު ބަޔާނެއްގައި ވަނީ އޭނާ ނިޔާވީ ސިއްޙީ މައްސަލަތަކެއްގެ ސަބަބުން ހޯމަ ދުވަހު ކަމަށެވެ. އިތުރު ތަފްސީލެއް އެއާއިލާއިން ދީފައެއް ނުވެއެވެ.

އެޕޯލޯ 17ގެ މިޝަންގެ ކުރިން ސާނެން ވަނީ ދެފަހަރެއްގެ މަތިން ޖައްވަށް ގޮސްފައެވެ. އެއީ 1966 ވަނަ އަހަރާއި 1969 ވަނަ އަހަރުއެވެ.

ނާސާ އެސްޓްރޮނައުޓުންގެ ތިންވަނަ ގްރޫޕަށް އޭނާ ހޮވުނީ 1963 ވަނަ އަހަރުއެވެ.

1976 ވަނަ އަހަރު ރިޓަޔާ ވުމަށްފަހު އޭނާ ވަނީ އަމިއްލަ ވިޔަފާރިއެއް ހުޅުވާފައެވެ.

14 މާޗު 1976 ވަނަ އަހަރު އުފަންވި ސާނެންގެ ފުރިހަމަ ނަމަކީ ޔޫޖީން އެންޑްރިއު ސާނެން އެވެ.

އޭނާ މަރުވިއިރު އޭނާގެ އަންހެނުން ޖެން ނޭނާ ސާނެން އާއި އެއް އަންހެން ކުއްޖަކު، ދޮން ދެ އަންހެން ދަރިން އަދި ނުވަ ކާފަ ކުދިން ދުނިޔޭގައި އެބަތިބިއެވެ.