Last Updated: July 1, 00:12
Tuesday, June 30, 2026
މުނިފޫހިފިލުވުން

ބިޕާޝާ ކަންނާޑާ ފިލްމެއް ކުޅެނީތަ؟

ކަނަޑާ ފިލްމް އިންޑަސްޓްރީގެ ޑިއިރެކްޓަރު ނަރަސިމްހާގެ ފިލްމް "ލީޑާ" ގައި އައިޓަމް ލަވައެއް ބޮލީވުޑްގެ އެންމެ ރީތި އެއް އަންހެން ތަރި ކަމަށްވާ ބިޕާޝާ ބާސޫ ކުޅުން އެކަށީގެން ވެއެވެ.

އެފިލްމްގެ ޕްރޮޑިއުސަރުން ދަނީ ޚާއްސަ ލަވައެއްގައި ޙަރަކާތްތެރި ވުމަށް ބިޕާޝާގެ ރުހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް އަދި އެއްވެސް ކަމެއް ޔަޤީން ވެފައެއް ނުވެއެވެ. އެފިލްމްގެ ލީޑް ރޯލުން ފެނިގެންދާނީ ޝިވަރާޖްކުމާރް އެވެ.

އެފިލްމްގެ ޓްރެއިލާ ވަނީ މިދިޔަ ބުރާސްފަތި ދުވަހު ރިލީޒް ކޮށްފައެވެ. އެފިލްމްގެ ނުނިމި އޮތް ބައި ނިންމުމަށްޓަކައި ވަރަށް އަވަހަށް މަނާލީގައި ޝޫޓިންގް ފަށާނެއެވެ. އެފިލްމްގެ އަންހެން ލީޑުން ފެނިގެން ދާނީ ޕްރަނިތާ ސުބާޝްއެވެ.

އެފިލްމްގެ ސަޕޯޓިންގް އެކްޓަރުންގެ ތެރޭގައި ވިޖޭ ރާގަވޭންދްރަ، ޕްރަކާޝް ބޭލާވަދީ، ރޮކްލައިން ވެންކަޓޭޝް އަދި ކްރިޝްނާ ވަމްޝީވެސް ހިމެނެއެވެ.