Last Updated: July 1, 00:12
Tuesday, June 30, 2026
ވިޔަފާރި

އެޕަލް ސްޓޯރުގެ އަގުތައް ބޮޑު ކުރަނީ

ފޮޓޯ: ގެޓީ އިމޭޖެސް

އެޕަލް ކުންފުނިން ޔޫކޭ، އިންޑިއާ އަދި ތުރުކީގައި އެޕްލިކޭޝަންތަކަށް ޗާޖު ކުރާ އަގު އިތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޔޫކޭގެ އަގުތައް މިހާރު އެމެރިކާގެ އަގުތަކާއި އެއްވަރަކަށް ބޮޑު ކުރެވޭނެއެވެ. އޭގެ މާނައަކީ މިހާރު 0.99 ޑޮލަރަށް ވިއްކާ ޕްރޮގްރާމެއް ޔޫކޭގައި ލިބޭނީ 99 ޕެނީ އަށެވެ.

"އެޕް ސްޓޯގެ އަގުތަކަކީ ބައިނަލްއަޤްވާމީ ގޮތުން އެކްސްޗޭންޖް ރޭޓް، ވިޔަފާރީގެ އާދަކާދަތަކާއި ވިޔަފާރި ހިންގުމުގެ ޚަރަދަށް ބަލާފައި ހަމަޖެއްސޭ އަގުތަކެއް. އެ ކަންތައްތައް އެކި ދުވަސްތައް މަތިން އެއް ސަރަޙައްދުން އަނެއް ސަރަޙައްދަށް ދާނީ ބަދަލުވަމުން"، އެކުންފުނިން ބުނެއެވެ.

މިކަމުގެ ސަބަބުން އެޕްލިކޭޝަންތަކުގެ ތެރެއިން ގަންނަ އެއްޗެހީގެ (އިން-އެޕް) އަގުތައްވެސް ބޮޑުވެގެން ދާނެއެވެ. އެހެންނަމަވެސް ސަބްސްކްރިޕްޝަން ޗާޖުތައް އިތުރެއް ނުވާނެއެވެ.

ގޫގުލްއިން ޕްލޭ ސްޓޯ އާއި އެންޑްރޮއިޑް އެޕްލިކޭޝަންތަކުގެ އަގު ބަދަލު ކުރާނެތޯ ނުވަތަ ނޫންތޯ ކަމާއިމެދު ސުވާލު ކުރުމުން ގޫގުލްގެ ތަރުޖަމާނުގެ ފަރާތުން ވަނީ އެއްވެސް ޖަވާބެއް ނުލިބިފައެވެ.