އެމްޑީޕީން އިންތިޒާމް ކޮށްގެން މިއަދު މުޅި ރާއްޖޭގައި ކުރިއަށްގެންދާ "ބަޤާވާތް މަ ކުށްވެރިކުރަން" ކަޅު ހިނގާލުން ހިތަދޫގައި ފެށިގެން ކުރިއަށް އެބަދެއެވެ.
ހިތަދޫ އެސްޓީއޯ ކުރިމަތިން ފެށި މިހިނގާލުމުގައި އައްޑޫގެ މޭޔަރ ސޯބެ އާއި ބައެއް އެމްޑީޕީ މެމްބަރުން ބައިވެރިވެއެވެ. ނަމަވެސް ބައިވެރިން އަދި އެހާ ގިނައެއް ނޫނެވެ.
އެމްޑީޕީގެ ހިނގާލުން އަދި ފެށިފައިވަނީ ހަމައެކަނި ހިތަދޫގައިއެވެ. ފޭދޫގައި އަދި އިތުރު ހަރަކާތެއް ނެތްކަމަށް އެމްޑީޕީ ފޭދޫ ދާއިރާގެ މެމްބަރަކު މައުލުމާތު ދެއެވެ.
އެމްޑީޕީގެ އައްޑޫ ދާއިރާގެ ރައީސް އަދުހަމް އައްޑުލައިވް އަށް މައުލޫމާތު ދެމުން ވިދާޅުވީ މަރަދޫ ދައިރާގައި ހިނގާލުމަކަށް ތައްޔާރުވަމުން އަންނަ ކަމަށެވެ، ނަމަވެސް އަދި ހިނގާލުން ނުފެށޭކަމަށް މައުލޫމާތު ލިބެއެވެ.