Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ފަތަވާ މަޖިލީހުގެ ރައީސަކަށް ކުރީގެ އުއްތަމަ ފަނޑިޔާރު

ޝެއިޚް ރަޝީދު މަގާމަށް އައްޔަން ކުރައްވައި ފަތްކޮޅު އަރުވަނީ: ފޮޓޯ- ރައީސް އޮފީސް

އިސްލާމީ ފަތަވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރުގެ މަގާމު ފުރުއްވި އައްޝައިޙް މުޙައްމަދު ރަޝީދު އިބްރާހިމް މިއަދު ރައީސުލް ޖުމުހޫރިއްޔާ އައްޔަން ކުރައްވައިފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވުނު ބައްދަލުވުމެއްގައި މިމަގާމަށް ޝެއިޚް ރަޝީދު އައްޔަން ކުރައްވައި މަގާމުގެ ފަތްކޮޅު އަރުއްވާފައިވަނީ ރައީސް ޔާމީނެވެ.

ޝެއިޚް ރަޝީދަކީ ކުރީގެ ރައީސުލް ޖުމުހޫރިއްޔާ އަލްއުސްތާޛް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ސަރުކާރުގެ އެކިއެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ.