Last Updated: July 1, 00:12
Tuesday, June 30, 2026
މުނިފޫހިފިލުވުން

"މިސް ވޯލްޑް" ރޯލީން މަންމައަކަށް

2014 ވަނަ އަހަރުގެ މިސް ވޯލްޑް ކާމިޔާބު ކުރި ރީތީގެ ރާނީ ކަމަށްވާ ރޯލީން ސްޓްރައުސް އާއި އޭނާގެ ފިރިމީހާ ޑީނިއެލް ސްޓްރައުސް އަށް ކުއްޖަކު ލިބިއްޖެއެވެ.

އެދެމަފިރިންގެ ކައިވެންޏަށް ލިބުނު އެންމެ ފުރަތަމަ ދަރިފުޅަކީ ފިރިހެން ކުއްޖެކެވެ.

ދަރިފުޅުގެ ޙާލު ރަނގަޅު ކަމަށާއި، ޑޮކްޓަރުކަން ކިޔެވުން ކުރިއަށް ގެންދާނެ ކަމަށް ރޯލީން ވަނީ ކަށަވަރު ކޮށްދީފައެވެ. އަލަށް މަންމައަކަށް ވީނަމަވެސް، އޭނާގެ އެހެނިހެން ހުވަފެންތައް ހަޤީގަތަކަށް ހެދުމުގައި އެއްވެސް ވަރަކަށް ލަސް ކުރާކަށް ރޯލީން ބޭނުމެއް ނުވެއެވެ.

ރޯލީން މަންމައަކަށްވި ޚަބަރު އޭނާ އެންމެ ފުރަތަމަ ހިއްސާ ކޮށްފައިވަނީ ދަރިފުޅުގެ ފޮޓޯއަކާއިއެކު އިންސްޓަގްރާމް ޕޯސްޓެއް މެދުވެރި ކޮށެވެ.

ރޯލީން އާއި އޭނާގެ ފިރިހެނުން ކައިވެނި ކުރީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އަދި ރޯލީން ބަނޑު ބޮޑު ކަމުގެ ޚަބަރު އެންމެ ފުރަތަމަ ލިބުނީ 2016 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ.