Last Updated: June 26, 03:21
Friday, June 26, 2026
ޚަބަރު

ނަރުދަމާ ހުއްޓިފައި ވަނީ ޕަމްޕް ސްޓޭޝަން ނެހެދޭތީ: ފެނަކަ

އައްޑޫގައި ނަރުދަމާ އެޅުމަށް ކުރަމުންދާ މަސައްކަތް ކުރިއަށް ނުގޮސް މަޑުޖެހިފައިވަނީ ޕަމްޕް ސްޓޭޝަންގެ މަސައްކަތް ހުއްޓުމުން ކަމަށް ފެނަކަ ކޯޕަރޭޝަންއިން ބުނެފިއެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ޝަރީފް "އައްޑޫލައިވް"އަށް ވިދާޅުވީ ހިތަދޫގެ ނަރުދަމާ މަސައްކަތް މިހާރު ހުއްޓިފައިވަނީ ޕަމްޕް ސްޓޭޝަން ހަދަން ހަވާލު ކުރި ކުންފުންޏަށް މަސައްކަތް ނުނިމުންކަމަށެވެ.

ޝަރީފް ވިދާޅުވީ ޕަމްޕް ސްޓޭޝަން ހަދަން ހަވާލު ކުރި ކުންފުންޏަށް މަސައްކަތް ނުނިމުމުން އެކުންފުނިން މަސައްކަތް ނަގައި މިހާރު އަލުން ޓެންޑާކޮށް އާ ކުންފުންޏަކާއި މަސައްކަތް ހަވާލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަދި ޕަމްޕް ސްޓޭޝަންގެ މަސައްކަތް ނިމުމާއި އެކު ނަރުދަމާ ގުޅުމުގެ މަސައްކަތް ފެށޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ފެނަކަ ކޯޕަރޭޝަންއިން ބުނީ ސާފު ބޯފެން އައްޑޫ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިދްމަތަށް އެދުުނު 93 އިންސައްތަ މީހުންނަށް ހިދްމަތް ފޯރުކޮށްދީފައިވާ ކަމަށެވެ.