Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ސަމާލުވޭ! މިފްކޯ ހިތަދޫ އައިސް ޕްލާންޓުން ގޭސް ލީކްވަނީ

ހިތަދޫގައި ހިންގާ މިފްކޯ އައިސް ޕްލާންޓުން އެ ސަރަހައްދަށް ވިހަ ގޭހެއް ލީކުވަމުންދާ ކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.

އެ ހިސާބުން ދަތުރު ކުރި ފަރާތަކުން "އައްޑޫ ލައިވް" އަށް ބުނީ އައިސް ޕްލާންޓް ހުރޮ އެސަރަހައްދުން ފާޑެއްގެ ވަހެއް ދުވާ ކަމަށާއި ގައިގެ ހަންގަނޑު ހިރުވައި އެ ހިސާބުން ދަތުރު ކުރުމަށް ފަހު ގައިން ދިލަ ނަގަން ވެސް ފަށާފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިފްކޯ އައިސް ޕްލާންޓުގެ ތެރޭގައި ހުރި ހޮޅިތަކެއް ފަޅައިގެން ގޮސް އެތަނުން އައިސް ހެދުން ވަގުތީ ގޮތުން ހުއްޓިފައި އޮންނަތާ ދުވަސްކޮޅެއް ވެއްޖެ އެވެ.

މިކަމާ ގުޅިގެން މިފްކޯ އާއި އެންވަޔަރަމެންޓް މިނިސްޓްރީގެ ބަހެއް ހޯދުމަށް "އައްޑޫ ލައިވް" އިން ކުރި މަސައްކަތް ވަނީ އަދި ކާމިޔާބު ނުވެފަ އެވެ.

ހިތަދޫގެ މަޝްހޫރު ދެ ރެސްޓޯރެންޓާއި ސައި ހޮޓަލެއް އައިސް ޕްލާންޓާ މާ ދުރު ނޫން ހިސާބެއްގައި ހުރި އިރު، މި ތިން ތަނަކީ ވެސް ރަށުގެ ވަަރަށް ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ ތިން ތަންކަން ފާހަގަކޮށްލެވެ އެވެ.