Last Updated: June 26, 03:21
Friday, June 26, 2026
ވިޔަފާރި

ސްރީލަންކަން އިން ގަމަށް ކުރާ ދަތުރު މަދު ކުރަނީ

ސްރީލަންކަންއިން ގަމަށް މިހާރު ބާއްވަމުން އަންނަ ހަފްތާއަކު ހަތަރު ފްލައިޓް 3 ފްލައިޓަށް މަދު ކުރުމަށް ވިސްނަމުންދާކަމަށް އެއާލައިންއިން ބުނެފިއެވެ.

ސްރީލަންކަންގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އެޖެންޓް އޭސް ޓްރެވެލްގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ފިރާގު މިއަދު ވިދާޅުވީ ސްރީލަންކަންގެ ދަތުރުތައް މަދުކުރަން ވިސްނަމުންދަނީ އުއްމީދު ކުރިގޮތަށް ހުރިހާކަމެއް ހަމަޖެހިގެން ނުދާތީ ކަމަށެވެ.

ފިރާގް ވިދާޅުވީ ގަމަށް ފެށިފަހުން ދެ މަސް ވާން ކައިރިވެފައިވާ އިރު އަދިވެސް ގިނަ ކަންތައްތައް މުޅިން ހަމަނުޖެހޭ ކަމަށެވެ. އެގޮތުން ވޯކް ވިސާ ހޯލްޑަރުންނަށް ދަތުރު ނުކުރެވޭކަން ފިރާގު ފާހަގަ ކުރިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 1 ވަނަ ދުވަހު ގަމަށް ސްރީލަންކަން ދަތުރު ފެށީ ހަފްތާއަކު ހަތަރު ފްލައިޓް ޝެޑިއުލްކޮށްގެންނެވެ. އެއީ ބުރާސފަތި، ހުކުރު، ހޮނިހިރު އަދި ހޯމަ ދުވަހު ދަތުރުކުރާ ގޮތަށެވެ.

ނިމިގެންދިޔަ ޑިސެމްބަރ މަހު ގިނަ ބަޔަކު ގަމުން ދަތުރުކުރި ނަމަވެސް މިިހާރު އެކަށީގެންވާ އަދަދަށް ޕެސިންޖަރުން ނުލިބޭތީ އެއާލައިން އިން ވަނީ ތަފާތު ހޮލިޑޭ ޕެކޭޖްތައް ފަށާފައެވެ.

ގަމަށް ސްރީލަންކަންގެ ދަތުރުތައް މެދު ނުކެޑި ކުރިއަށް ގެންދެވެން އޮތީ ދެކުނުގެ ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާ ކުރެވިގެންކަމަށް ގިނަ މީހުން ދަނީ ބުނަމުންނެވެ.