Last Updated: April 16, 23:13
Tuesday, April 16, 2024
ތިމާވެށި

2016: ތާރީހުގައި ވެސް އެންމެ ހޫނު އަހަރު

މިދިޔަ އަހަރަކީ ދުނިޔޭގެ ތާރީޚުގައި ވެސް އެންމެ ހޫނު އަހަރު ކަމަށް ސައިންސުވެރިން ހާމަކޮށްފި އެވެ.

މިއީ ޖެހިޖެހިގެން ދުނިޔެ މި ރިކޯޑު އާކުރި ތިން ވަނަ ފަހަރެވެ.

ފާއިތުވެ ދިޔަ ތިން އަހަރު ވެސްވެފައި ވަނީ އޭގެ ކުރީ އަހަރުތަކާ އަޅާބަލާ އިރު ރިކޯޑު މިންވަރަކަށް ދުނިޔެ ހޫނުވެފައިވާ ތިން އަހަރަށެވެ.

ނަމަވެސް މޫސުމަށް އަންނަ ބަދަލުތަކަކީ ބިލާހެއް ކަމަށާއި، އެއީ ޗައިނާ އިން އުފައްދައިގެން އުޅޭ ފުލޯކ ވާހަކައެއް ކަމަށް ގަބޫލު ކުރާ މީހުންގެ އަދަދު އަހަރަކަށް ވުރެ އަހަރެއް އިތުރުވަމުންދާކަމީ ހިތާމަ ކުރަން ޖެހޭ ކަމެކެވެ.

ތަކުރާރުކޮށް ދުނިޔެ ހޫނުވަމުން އަންނަ އިރު ސައިންސުވެރިން އަންނަނީ މީގެ ނަތީޖާއަކަށް ހީނުކުރާ ވަރުގެ ބޮޑު ނުރައްކަލަކާ އިންސާނީ ދަރިފަސްކޮޅު ކުރިމަތިލާން ޖެހުމުގެ އިންޒާރު ދެމުންނެވެ.

މަތީގައިވާ ފޮޓޯއިން ފާއިތުވެ ދިޔަ އަހަރުތަކުގައި ދުނިޔެ ހޫނުވެފައިވާ މިންވަރު ފެނިގެން ދާނެ އެވެ.

ގްލޯބަލް ކްލައިމެޓް މޮނިޓަރިންގެ ޗީފް ޑެރެކް އާންޑް ބުނެފައިވަނީ އެންމެ އަހަރެއްގައި މިފަދަ ރެކޯޑެއް އައުމަކީ މިހާރު ދުނިޔެއަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ގަބޫލު ކުރެވިދާނެ ކަމެއް ކަމަށެވެ.

ނަމަވެސް ޖެހިޖެހިގެން ތިން އަހަރު ތަކުރާރުވުމަކީ ސަލާމަތީ ބަލަހައްޓައިގެން ތިބެވޭނެ ވަރުގެ ކަމެއް ނޫން ކަމަށެވެ.

ދުނިޔެ ހޫނުވެ ކޮންމެ އަހަރަކު އެތައް ބިލިއަން ޓަނެއްގެ އައިސް ވިރި މޫދަށް އެޅެމުންދެ އެވެ.

ކަނޑުގެ ލޮނުގަނޑު އުފުލެމުން އަންނަ އިރު ދިވެހި ރާއްޖެއަކީ މިކަމުގެ އަސަރު އެންމެ އަވަހަށް އަދި އެންމެ ބޮޑަށް ކުރާނެ އެއް ގައުމެވެ.