Last Updated: June 26, 03:21
Friday, June 26, 2026
ސިޔާސީ

ނަޝީދު ޖަލުން ދޫލޮށްލިތާ އެއް އަހަރު

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރު ދުވަހުގެ ޖަލު ހުކުމުގެ ބަންދުގައި ހުއްޓާ ބޭސް ފަރުވާއަށް ކަމަށް ބުނެ އިނގިރޭސިވިލާތަށް ފޮނުވާލިތާ އެއް އަހަރު ފުރުމާއި ގުޅިގެން މިކަމުގައި ނަޝީދުއަށް އެހީތެރިވެ ދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވައިފިއެވެ.

ނަޝީދު މިއަދު ކުރެއްވި ޓްވީޓްގައިވަނީ އެމަނިކުފާން ޖަލުގެ ތޭރިތަކުން ބޭރަށް ގެނެސް ދިނުމަށް މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.

ނަޝީދު ވިދާޅުވީ ރާއްޖެ އިސްލާހް ކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓާ ނުލައްވާނެކަމަށާއި، އެކަމުގައި ދެމި ހުންނާނެކަމަށެވެ.

ނަޝީދުގެ މައްޗަށް ޓެރަރިޒަމް ދައުވާ އުފުލައި އެމަނިކުފާނަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށް ގިރިފުއްޓަށް ގެންދިޔަ މައްސަލަ ސާބިތުވެގެންނެވެ.

ނަޝީދު ޖަލުން ދޫކޮށްލާފައިވަނީ ސަރުކާރަށް ކުރިމަތިވަމުން އައި ޕްރެޝަރާއި ހެދި އެމަނިކުފާންއަށް ބޭސްފަރުވާ ކުރުމުގެ ނަމުގައެވެ.