Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

ހިތަދޫ ބޮޑުމަގުގައި އެކްސިޑެންޓެއް ހިނގައިފި

އައްޑޫ ސިޓީ، ހިތަދޫ ބޮޑުމަގުގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ބޮޑުމަގުން ދުއްވާފައި ދިޔަ ސައިކަލެއް ގޯޅިއަކުން ނިކުތް ކާރެއްގައި ޖެހިގެންނެވެ. އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ސައިކަލް ދުއްވަން އިން ޒުވާނާ އަށެވެ.

ހިތަދޫ ބޮޑުމަގުގައި ހުންނަ 'މާސްޓަރ ވީޑިއޯ' ހިސާބުގައި ހިނގި މި އެކްސިޑެންޓްގައި ސައިކަލް ދުއްވި ޒުވާނާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި މިހާރު ގެންދަނީ ފަރުވާ ދެމުންނެވެ.

މަންޒަރު ދުށް މީހަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން ޒުވާނާގެ އަނގައިން ވަރަށް ގިނަ އަދަދަކަށް ލޭ ފޭބި ކަމަށެވެ.