ކުރީގެ މޮޑެލް އަދި މިސް ބަމްބަމްގެ ކޮންޓެސްޓެންޓް އެއް ކަމަށްވާ ޑެބޯރާ ޑެންޓަސް ވަނީ އެޕާޓްމެންޓް ބްލޮކް އެއްގެ ހަތަރު ވަނަ ބުރިން ފުންމާލައި އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފައެވެ.
ރިޕޯޓްތައް ބުނާގޮތުން އޭނާ ދަނީ ޑިޕްރެޝަން އާއި ހަނގުރާމަ ކުރަމުންނެވެ. އަދި އިމާރާތުން ފުންމާލިއިރު އޭނާ ހުރީ މަސްތުވެގެންނެވެ. އަމިއްލައަށް މަރުވުމަށް އޭނާ ކުރި މަސައްކަތް ނާކާމިޔާބުވެ އޭނާ ވަނީ ސަލާމަތް ވެފައެވެ. އެހެންނަމަވެސް އޭނާގެ ހިމުން ތިރީގައި ވަނީ މުޅިން ވާގި ނެތިފައެވެ.
ވާހަކަތައް ދެކެވޭ ގޮތުގައި އޭނާ ވަނީ އަމިއްލައަށް މަރުވުމަށް މަސައްކަތް ކުރުމުގެ ކުރިން އެންޓި-ޑިޕްރެޝަން ބޭސް ކައިފައެވެ. އަދި ވީޑިއޯ މެސެޖެއްގައި އޭނާގެ ފޭނުންގެ ފަރާތުން ހެޔޮ ދުޢާ ކުރުމަށް އެދިފައެވެ. ޑެބޯރާގެ ރައްޓެއްސަކު ބުނާ ގޮތުގައި އޭނާ ރާބޮއި ޑިޕްރެސް ވެފައި ވަނީ ވަރަށް ގިނަ ނަފްސާނީ މައްސަލަތަކާއި ގުޅިގެންނެވެ. އަދި އޭނާ ވަރަށް ގިނައިން ދިރިއުޅުމުގައި ހުސް ކަމެއް ވާކަމުގެ ޝަކުވާ ކުރާ ކަމަށްވެސް އެރަހުމަތްތެރިޔާ ބުންޏެވެ.
އޭނާގެ އެހެން ރަހުމަތްތެރިޔަކު ބުނި ގޮތުގައި އިމާރާތުން ފުންމާލުމުގެ ކުރިން ޑެބޯރާ ވަނީ ވަރަށް ގަދައަށް ބަނގުރާ ބޮއެފައެވެ. ހިމުން ތިރިން ވާގި ނެތުމަށްފަހު ވެސް ރަނގަޅު ވާނެ ކަމަށް ޑެބޯރާ ދަނީ އުންމީދު ކުރަމުންނެވެ.