Last Updated: July 1, 00:12
Tuesday, June 30, 2026
ރިޕޯޓް

އެސްފިޔަ ދިގު ކުރާނީ ކިހިނެއް؟

ބައެއް މީހުންނަށް ޤުދުރަތީ ގޮތުން ދިގު އެސްފިޔަ ލިބިފައިވާއިރު، އަނެއްބައި މީހުންގެ އެސްފިޔަތައް އެހާ ދިގެން ނޫނެވެ. މިޒަމާނުގައި ގިނަ އަންހެން ކުދިން ބޭނުން ވަނީ އެސްފިޔަ ދިގު ކުރާށެވެ. އެކަމަށްޓަކައި މަސްކާރާ ފަދަ އެތައް މޭކަޕް ކުރާ ޕްރޮޑަކްޓްތައް ބޮޑު އަގުގައި ގަނެގެން ބޭނުން ކުރެއެވެ.

އެސްފިޔަ ދިގުވުމަކީ މީހާގެ ލޮލުގެ ރީތިކަން އިތުރު ކޮށްދޭ ކަމެކެވެ. މާ އަގުބޮޑު ޕްރޮޑަކްޓްތައް ނުގަނެ، ތިރީގައި މިވާ ގޮތްގޮތަށް ކަންތައް ކޮށްގެން އެސްފިޔަ ދިގު ކުރެވިދާނެއެވެ.

1. ނިދުމުގެ ކުރިން ކޮންމެ ރެޔަކު ތެޔޮލުން

ނިދަން އޮށޯތުމުގެ ކުރިން ކޭސްޓާ ތެޔޮ ބޭނުން ކުރާށެވެ. އޭގެ ބަދަލުގައި މަސްޓާޑް ތެޔޮ ނޫނީ ކާށި ތެޔޮ ވެސް ބޭނުން ކުރެވިދާނެއެވެ. ކޮންމެ ދުވަހަކު މިގޮތަށް ޢަމަލު ކުރުމަށްފަހު، އެސްފިޔަ އަށް އަންނަ ބަދަލު ފާހަގަ ކުރާށެވެ. އެއިރުން ދުވަހުން ދުވަހަށް އެސްފިޔަ ދިގުވާކަން އެނގޭނެއެވެ.

2. ވޭސްލިން ބޭނުން ކުރުން

ބޭނުން ނުކުރާ މަސްކާރާ ފިއްސެއްގައި ވޭސްލިން ލުމަށްފަހު އެސްފިޔައިގައި ހާކާށެވެ. މިގޮތަށް ކޮންމެ ރެޔަކު ޢަމަލު ކުރާށެވެ. އެއީ އެސްފިޔަ ދިގު ވުމަށް އެހީވެދޭ ކަމެކެވެ.

3. ވިޓަމިން އީ ހުންނަ އެއްޗެހި ކެއުން

އަވަސް ނަތީޖާތައް ހޯދުމަށްޓަކައި ކޮންމެ ދުވަހަކު ކާ ކެއުމުގައި ވިޓަމިން އީގެ ބާވަތްތައް ހިމަނާށެވެ.