Last Updated: June 27, 20:02
Saturday, June 27, 2026
ކުޅިވަރު

މެމްފިސްގެ ވަދާއީ މެސެޖްތަކުން ޔުނައިޓެޑު ސަޕޯޓަރުން ރޮއްވާލައިފި

މިދިޔަ ސީޒަނުގައި ޕީއެސްވި އެއިންދްހޯވަން އިން އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކުރި މެމްފިސް ޑިޕޭ އޭނާގެ ދެވަނަ ސީޒަނުގެ މެދުތެރެއިން ޔުނައިޓެޑުގެ ކެރިއަރަށް އަލްވަދާއު ކިޔައިފިއެވެ.

ޒުވާން މެމްފިސް ކުލަބަށް އައިސްފައިވަނީ ގިނަ އުއްމީދުތަކާއެކުގައެވެ. ނަމަވެސް ކަންދިމާކުރިގޮތުން މެމްފިސްއަށް ޔުނައިޓެޑު ޖާޒީގައި ވިދާލުމުގެ ފުރުސަތެއް ލިބިފައިނުވެއެވެ. މިހާތަނަށް ޔުނައިޓެޑަށް އޭނާ ކުޅުނު 53 މެޗުން ކާމިޔާބުކުރެވިފައިވަނީ އެންމެ 7 ގޯލެވެ.

ފްރާންސުގެ ލިއޯންއަށް މެމްފިސް މިހާރު ސޮއިކޮށްފައިވާއިރު އޭނާ ދިއުމުން ޔުނައިޓެޑުގެ ސަޕޯޓަރުން ހިތާމަ ކުރަމުންދަނިކޮށް މެމްފިސްގެ ވަދާއީ މެސެޖުތަކުން ސަޕޯޓަރުން ވަނީ އިތުރަށް ރޮއްވާލާފައެވެ.

މެމްފިސްގެ ސޯޝަލް މީޑިޔާގައި ޔުނައިޓެޑަށް ކުޅުނު މަދު ދުވަސްކޮޅުގައި ކުލަބާއި ސަޕޯޓަރުންގެ ފަރާތުން ލިބުނު ހިތްވަރަށް ޝުކުރު އަދާކޮށްފައިވެއެވެ. އަދި ކެޕްޓަން ވޭން ރޫނީ އާއި ޕޮގްބާ، ލޫކް ޝޯ އަދި ކީޕަރު ޑެހެއާއަށް ހާއްސަ މެސެޖުތައް މެމްފިސް ވަނީ ފޮނުވާފައެވެ.
https://twitter.com/Memphis/status/822416913749995521/photo/1?ref_src=twsrc%5Etfw

މެމްފިސްގެ 25 މިލިއަން ޑޮލަރުގެ ޓްރާންސްފާއަށް ފަހު ނޫސްވެރިއަކު ޔުނައިޓެޑާއި ދެކޮޅަށް ބަދަލު ހިފަން ބޭނުންވާތޯ ސުވާލުކުރުމުން ބުނެފައިވަނީ މެންޗެސްޓާ ޔުނައިޓެޑަށް އޭނާގެ ހިތުގައި އަބަދުވެސް އިހުތިރާމު އޮންނާނެ ކަމަށެވެ.