މަރުވެފައިވާ ދެމީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދެ ސަރަހައްދަކުން މަރުވެފައިވާ ދެމީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ. އެގޮތުން މިއަދު ހެނދުނު 7 ޖަހާކަށް ހާއިރު ބަރޮސް އައިލެންޑް ރިސޯޓް ކައިރިން އެކެއްގެ ހަށިގަނޑު ފެނިފައިވާ އިރު ދެވަނަ މީހާގެ ހަށިގަނޑު ފެނިފައިވަނީ އެގެ ގަޑިއެއްހާ އިރު ފަހުން ތުޅާގިރި އައިލެންޑް ރިސޯޓް ކައިރިންނެވެ.
ކަނޑުމަތިން މަރުވެފައިވާ ދެމީހުންގެ ހަށިގަނޑު ފެނިފައި މިވަނީ މިދިޔަ ބްރާސްފަތި ދުވަހު މީރު ފެންފުށި ރިސޯޓަށް ޗުއްޓީ ހޭދަކުރަން އައި ދެ ފަތުރުވެރިން މޫދަށް ދިޔަ ގޮތަށް ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށެވެ. އެމްއެންޑީއެފް ކޯސްޓް ގާޑާއި އެ ސަރަހައްދުގެ ރިސޯޓުތައް ގުޅިގެން މި ދެފަތުރުވެރިން ހޯދުމުގެ މަސައްކަތް ބުރާސްފަތި ދުވަހުން ފެށިގެން ދިޔައީ ކުރަމުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކަނޑުމަތިން މަރުވެފައި ވަނިކޮށް ފެނުނު ދެ ހަށިގަނޑަކީ ގެއްލުނު ދެ ފަތުރުވެރިން ކަމަށް ބެލެވޭ ކަމަށެވެ.
މޫދަށް ގޮސް ގެނބިގެން މަރުވާ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާކަން ދަނީ ފާހަގަކުރެވެމުނެވެ.