ވިލާ ކޮލެޖް އައްޑޫ ކެމްޕަހުގެ ކިޔެވުން އަންނަ ހޯމަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ ކޮލެޖުން ބުނެފިއެވެ.
ވިލާ ކޮލެޖުން ބުނީ މިއަހަރުގެ ފުރަތަމަ ސެމިސްޓަރ ކިޔެވުން ފަށާއިރު ކޮލެޖްގައި 157 ދަރިވަރުން ކިޔަވާނެ ކަމަށެވެ. އެއީ ކޮލެޖާއި އަލަށް މިއަހަރު ގުޅުނު 59 ދަރިވަރުންނާއި އެކުއެވެ.
ވިލާ ކޮލެޖުން ބުނީ މިއަހަރުވެސް 8 ޕްރޮގްރާމެއް ހިތަދޫ ކެމްޕަހުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކޯސްތަކަށް ފައިސާ ދެއްކުން އިސްލާމިކް ބޭންކް މެދުވެރިކޮށް ހަމަޖައްސާފައިވާ އިރު އެކަމުގެ ސަބަބުން ގިނަ ދަރިވަރުންނަށް ކޯސް ފީ ފަސޭހައިން ދެއްކޭނެ ކަމަށް ކޮލެޖުން ބުންޏެވެ.
ވިލާ ކޮލެޖު ހިތަދޫ ކެމްޕަސް މާލޭގެ ވިލާ ކޮލެޖް އާއި އެއްވަރަކަށް ތަރައްްޤީ ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެގޮތުން ވިލާ ކޮލެޖް އިތުރަށް ތަރައްޤީކޮށް ހިންގުމަށް ހިތަދޫ ސައީދިއްޔާ ސްކޫލް ހިންގި އިމާރާތް ވަނީ ވިލާ ކޮލެޖް އާއި ހަވާލުކޮށްފައެވެ.