އަންނަ ފެބްރުއަރީ މަހު ދ. އަތޮޅުގައި ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަނޑިންމަ މޯލްޑިވްސް ރިސޯޓަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް މާދަމާ ހުޅުމީދީގައި އޮޕަންޑޭއެއް ބާއްވަން ނިންމައިފިއެވެ.
ކަނޑިންމަ މޯލްޑިވްސްގެ ޑިރެކްޓަރ އޮފް ހިއުމަން ރިސޯސެސް މުހައްމަދު އާތިފް މިއަދު "އައްޑޫލައިވް"އަށް ވިދާޅުވީ ރިސޯޓަށް ބޭނުންވާ މުވައްޒަފުންގެ ތެރެއިން 65 ޕަސެންޓަށް ބޭނުންވާ ދިވެހިން ހޯދުމުގެ ގޮތުން އައްޑޫގައި ކުރިއަށް ގެންދާ އޮޕަންޑޭގެ ފުރަތަމަ ހަރަކާތް މާދަމާ ހެނދުނު 9 އިން ހަވީރު 5 ޖަހަން ދެން ހުޅުމީދޫ އަތޮޅު މަދަރަސާގައި ކުރިއަށް ގެންދާނެ ކަމަށެވެ.

އާޠިފް ވިދާޅުވީ މާދަމާ ހުޅުމީދޫގެ ޒުވާނުންނަށް އޮޕަންޑޭ ބޭއްވުމަށް މަހު މި މަހުގެ 23 އަދި 24 ވަނަ ދުވަހ، ފޭދޫ، މަރަދޫފޭދޫ، މަރަދޫ އަދި ހިތަދޫގެ ޒުވާނުންނަށް ހާއްސަކޮށްގެން އައްޑޫ ސިޓީ ކައުންސިލް އިދާރާގައި އޮޕަންޑޭ ކުރިއަށް ގެންދާނެ ކަމަށެވެ.
ރާއްޖޭގައި އޮންނަ އެންމެ ބޮޑު ސްވިމިންގް ޕޫލާ އެކު ހުޅުވާ ކަނޑިންމަ ރިސޯޓުގައި ހުރި ވަޒީފާގެ ފުރުސަތުތަކުގެ ތެރޭގައި ގެސްޓް ރިލޭޝަންސް އޮފިސަރުން، ކިއު އެންޑް ބެލް އެޓެންޑެންޓް، ވެއިޓަރ، ބޯޓު ކެޕްޓަން އަދި ބޯޓު ކްރޫއިން، ސެކިއުރިޓީ އޮފިސަރުން، ކިޗަން ސްޓާފުން، މެކޭނިކުން، ހައުސްކީޕިންގް އެޓެންޑަންޓުން، ސްޕާ އެޓެންޑުން ފަދަ މަގާމުތައް ހިމެނެއެވެ.
މި ރިސޯޓަކީ މުވައްޒަފުންގެ ރިކްރިއެޝަނަށް ވަރަށް ބޮޑަށް އިސްކަން ދީގެން ހުޅުވާ ރިސޯޓެކެވެ.