އުތުރު އިޓަލީގައި ސްކޫލް ކުދިންނާއި އެކު ދަތުރު ކުރަމުން ދިޔަ ބަހެއް އެކްސިޑެންޓްވެ، އޭގައި އަލިފާން ރޯވުމުގެ ސަބަބުން މަދުވެގެން 16 މީހުން މަރުވެއްޖެ ކަމަށް އިމާޖެންސީ އޮފިޝަލުން ބުނެއެވެ.
ހަންގޭރީއިން ކުދިން ގޮވައިގެން ދިޔަ އެބަސް އެކްސިޑެންޓް ވެފައި ވަނީ ހުކުރު ދުވަހުއެވެ.
އިޓަލީގެ ޤައުމީ ފަޔާ ސާވިސް އިން ބުނި ގޮތުގައި އިތުރު 39 މީހުން ވަނީ އަނިޔާވެފައެވެ.
އެބަސް ދިޔައީ ބުދާޕެސްޓްގައި ދަރިވަރުން ފަރުބަދަތައް މަތީ ޗުއްޓީއެއް ހޭދަ ކުރުމަށްފަހު އެކުދިން ގޮވައިގެން އެތަނުން ފްރާންސްއަށް ދަތުރު ކުރަމުންނެވެ.
އިޓަލީގެ ޚަބަރު ފަތުރާ އޭޖެންސީއެއް ކަމަށްވާ އެންސާ އިން ބުނި ގޮތުގައި މައިގަނޑު ގޮތެއްގައި 14 އަހަރާއި 18 އަހަރާއި ދެމެދުގެ އުމުރުގެ ދަރިވަރުންތަކެއް ވަނީ ބަސް އެކްސިޑެންޓްވި ވަގުތު އެބަހުން ބޭރަށް އެއްލާލާފައެވެ.
އެބަސް މަގުން ކައްސާލި ސަބަބު އަދި މިހާތަނަށް އެނގިފައި ނުވެއެވެ.
އަނެއްބައި މީހުން ބަހުގައި އަލިފާން ހިފި ވަގުތު ތިބީ ބަހުގައި ތާށިވެފައި ކަމަށްވެސް އެންސާ އިން ބުނެއެވެ. އޭގެތެރެއިން 10 މީހަކަށް ވަނީ ސީރިއަސް އަނިޔާތައް ލިބިފައެވެ.
ބަހުގައި ތިބި ކުދިންގެ ތެރެއިން ގިނަ އަދަދެއްގެ ދަރިވަރުންތަކެއް ސަލާމަތް ކޮށްފައިވަނީ އަލިފާންގަނޑުގެ ތެރެއަށް ފުންމާލި ކުޅިވަރު ކިޔަވައިދޭ ޓީޗަރެއް ކަމަށް މިލާންގައި ހުންނަވާ ހަންގޭރީގެ ކޮންސަލް-ޖެނެރަލް ވިދާޅުވި ކަމަށް އެންސާ އިން ރިޕޯޓް ކުރެއެވެ.
އެހާދިސާގައި މަރުވި މީހުންގެ އަދަދު އިތުރު ވާނެކަމަށް ލަފާ ކުރެވެއެވެ.