Last Updated: July 1, 00:12
Tuesday, June 30, 2026
މުނިފޫހިފިލުވުން

"މިސް ޔުނިވާސް" ގެ ޖަޖިން ޕެނެލަށް ސުޝްމިތާ

ރީތީ މުބާރާތެއް ކަމަށްވާ މިސް ޔުނިވާސްގެ 2016 ވަނަ އަހަރުގެ މުބާރާތް އިންސާފް ކުރާ ފަނޑިޔާރުންގެ ޕެނެލްއަށް ކުރީގެ މިސް ޔުނިވާސް އަދި ބޮލީވުޑް އެކްޓްރެސް އެއް ކަމަށްވާ ސުޝްމިތާ ސެން ހޮވިއްޖެއެވެ.

އެމުބާރާތް 1994 ވަނަ އަހަރު އިންޑިއާއަށް އެންމެ ފުރަތަމަ ކާމިޔާބު ކޮށްދިން ސުޝްމިތާ ވަނީ އެޚަބަރު އޭނާގެ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް ހޮނިހިރު ދުވަހު ކަށަވަރު ކޮށްދީފައެވެ.

65 ވަނަ މިސް ޔުނިވާސްގެ ގްރޭންޑް ފިނާލޭ އޮންނާނީ 30 ޖެނުއަރީ ގައި މޯލް އޮފް އޭޝިއާ އެރީނާ ގައެވެ. އެހަފްލާގައި މިދިޔަ އަހަރުގެ މިސް ޔުނިވާސް ކަމަށްވާ ޕިއާ ވާޓްޒްބެޗް މިއަހަރު އަލަށް އެމުބާރާތް ކާމިޔާބު ކުރާނެ ފަރާތުގެ ބޮލުގައި މިސް ޔުނިވާސް ތާޖު އަޅުވާނެއެވެ.

ސުޝްމިތާ ފިލިޕިންސްއަށް ދާނީ 23 އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ. އެޤައުމުގެ މަނީލާގައި 1994 ވަނަ އަހަރު ސުޝްމިތާގެ ބޮލުގައި މިސް ޔުނިވާސްގެ ތާޖު އަޅުވައި ދިނީ ޑަޔަނާރާ ޓޮރެސް އެވެ.