Last Updated: June 30, 21:19
Tuesday, June 30, 2026
މުނިފޫހިފިލުވުން

"ޑަންގަލް" އަށް 375 ކްރޯޑް ރުޕީސް

އާމިރް ޚާންގެ އެންމެ ފަހުގެ ފިލްމް ކަމަށްވާ 'ދަންގަލް' އަކީ ބޮލީވުޑްގެ ތާރީޚުގައި ރަން އަކުރުން އެފިލްމެއްގެ ނަން ފަވާލެވޭނެ ފިލްމަކަށް ވާނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.

ނިތޭޝް ތިވާރީ ޑައިރެކްޓް ކޮށްފައިވާ މިފިލްމް ވަނީ ބޮކްސް އޮފީހުގެ ރެކޯޑްތައް މުގުރާލުމުގެ އިތުރުން މިހާތަނަށް އިންޑިއާގެ ފިލްމް އިންޑަސްޓްރީގައި އެންމެ ބޮޑު ފައިދާއެއް ހޯދި ފިލްމްގެ ލަޤަބުވެސް ހޯދާފައެވެ.

ޓްރޭޑް އެނެލިސްޓް ކަމަށްވާ ތަރަން އާދަރްޝް ހާމަކުރާ ގޮތުގައި އާފިލްމްތައް ރިލީޒްވުމާއި އެކުވެސް 'ދަންގަލް' ވަނީ 375 ކްރޯޑް ރުޕީސްއަށްވުރެ ބޮޑު ފައިދާއެއް ހޯދާފައެވެ. ރިލީޒް ކުރެވުނުތާ 29 ވަނަ ދުވަހު ދަންގަލް ވަނީ ޖުމްލަ 376.14 ކްރޯޑް ރުޕީސް ހޯދައި އާރެކޯޑްއެއް ޤާއިމް ކޮށްފައެވެ.

ފާތިމާ ސަނާ ޝެއިޚް، ސާންޔާ މަލްހޯތުރާ އަދި ސާކްޝީ ތަންވާރްގެ އެކްޓިން ފެނިގެންދާ މިފިލްމް ވަނީ ރާޖްކުމާރް ހިރާނީގެ 'ޕީކޭ' އިން މިހާތަނަށް ހޯދާފައިވާ ފައިދާގެ ރެކޯޑް އަދަދުވެސް މުގުރާލާފައެވެ.

މިދިޔަ ހަފްތާގައި އިތުރު ބޮޑެތި ރިލީޒްތައް ނެތުމުން، މިހަފްތާގައި 'ރައީސް' އާއި 'ކާބިލް' ސިނެމާތަކުގައި އަޅުވަންދެން ޤަބޫލު ކުރެވޭ ގޮތުގައި 'ދަންގަލް' ދާނީ އިތުރު ފައިދާތަކެއް ހޯދަމުންނެވެ.