Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

ހިތަދޫ އާއި ފޭދޫގައި ޕަމްޕްސްޓޭޝަންތަކެއް ބަހައްޓަނީ

ފޭދޫ ބޮޑުމަގުގައި ފެންބޮޑުވެފައި. އައްޑޫލައިވް ފައިލް ފޮޓޯ.

ހިތަދޫ އާއި ފޭދޫގައި ޕަމްޕް ހައުސް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

މިއީ ފެންބޮޑުވުމުގެ ހާދިސާތަކަށް ވިލުންވެރިކަން އިތުރުކުރުމުގެ މަޝްރޫޢުގެ ދަށުން ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމެންޓް ސެންޓަރާއި ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.

ޕަމްޕް ހައުސް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކައުންސިލުން ކުރި އިއުލާނުގެ މުއްދަތު މާދަމާގެ ނިޔަލަށް ހަމަވާނެއެެވެ.

ވިއްސާރަ މޫސުމުގައި ފެންބޮޑުވުމުގެ މައްސަލައަކީ އައްޑޫގެ ރަށްތަކުގައި ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ.