Last Updated: June 26, 03:21
Friday, June 26, 2026
ސިޔާސީ

މެމްބަރު ސައުދު އެނބުރި ޔާމީން ފެކްޝަނަށް!

ޕީޕީއެމް ދެފަޅިވި އިރު މައުމޫންއަށް ދާއިދު ކުރަމުން ގެންދިޔަ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ރައީސް ޔާމީންއަށް ތާއިދު ކުރަން ނިންމަވައިފިއެވެ.

ސައުދު ވިދާޅުވީ އެއްވެސް އިރެއްގައި ރައީސް ޔާމީން އާއި ދެކޮޅުވެ ވަޑައިނުގަންނަވާކަމަށެވެ. އަދި މައުމޫން އާއި އެކު ހުންނެވި އިރުވެސް ޔާމީންއާއި ދެކޮޅަށް ވާހަކަ ދައްކަވާފައި ނުވާކަމަށެވެ.

ސައުދު ވިދާޅުވީ ތިނަދޫގައި ސަރުކާރުން ގިނަ މަޝްރޫއުތަކެއް ހިންގަވަމުން އަންނަ އިރު ދާއިރާގެ ރައްޔިތުން ބޭނުންވަނީ އެމަނިކުފާން ސަރުކާރަށް ތާއިދު ކުރުން ކަމަށެވެ.

ރައީސް މައުމޫން އަށް މީގެ ކުރިން ތާއިދު ކުރެއްވި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އާއި އޭދަފުށީ ދާއިރާގެ މެމްބަރ އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް)ވެސް ވަނީ ޔާމީންއަށް ތާއިދު ކުރަން ފައްޓަވާފައެވެ.