ދިވެހި ބަހާއި، ދިވެހިންގެ ހާއްސަ އާދަކާދަތައް ހިމަނައިގެން އުރީދޫ އިން ފަރުމާކޮށްފައިވާ "އޮލަ ވާހަކަ" ވައިބަރ ސްޓިކާ ސެޓް އަށް ހޫނު ތަރުހީބެއް ލިބި، ސްޓިކާތައް ތައާރަފްކުރިތާ ފުރަތަމަ މަސްތެރޭގައި 2 މިލިއަން ފަހަރު ބޭނުންކޮށްފިއެވެ.
"މަޤްބޫލު ޑިޖިޓަލް ޕްލެޓްފޯރމް ތަކުގައި ދިވެހިބަސް ބޭނުންކުރުމުގެ ފުރުސަތު ފުޅާކޮށްދިނުމުގެ މަގްސަދުގައި އުރީދޫ އިން ދިވެހި ވައިބަރ ސްޓިކާތައް ފަރުމާކޮށްފައިވާއިރު، މި ސްޓިކާތައް މެދުވެރިކޮށް ދިވެހީންގެ އަމިއްލަވަންތަކަމާއި އެކު، އަމިއްލަ ބަހުން މުއާމަލާތުކުރުމުގެ ފަޙުރު ލިބިގެންދޭ. މިފަދަ ކަންކަމުގައި ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން ލިބެމުންދާ ތަރުޙީބަށް ޝުކުރު އަދާކުރަމުން، މިފަދަ ދިވެހިވަންތަ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރިއަށް އޮތް ތަނުގައިވެސް މަސައްކަތް ކުރަމުންދާނެކަމުގެ ޔަގީންކަން އަރުވަން." އުރީދޫގެ އެސިސްޓަންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވިއެވެ.
މިއަދުގެ ދިވެހި މުޖުތަމައުގައި ފެނިގެންދާ ހާއްސަ އާދަކާދަތަކާއި، ދިވެހިންގެ އަމިއްލަވަންތަ ބަހުރުވަ ދައްކުވައިދޭ ތަފާތު ދެ ވައިބަރ ސްޓިކަރ ޕެކް އުރީދޫ އިން ވަނީ ތައާރަފްކޮށްފައެވެ. އަދި، ކުރިއަށް އޮތްތަނުގައިވެސް، އުރީދޫ އިން ވައިބާގައި ދިވެހިބަހުގެ މުއްސަނދިކަން ދައްކުވައިދޭ އިތުރު ސްޓިކާތައް ތައާރަފް ކުރަމުންދާނެއެވެ.
ދިވެހި ވައިބްސް ސްޓިކާ ޕެކް، ކޮންމެ ބޭފުޅަކަށްވެސް ވައިބާ ސްޓިކާ މާކެޓް އިން ހިލޭ ޑައުންލޯޑުކޮށް، ބޭނުންކުރެވޭނެއެވެ.
ގާތްތިމާގެ މީހުންނާއި ގުޅުން ބަދަހި ކުރުމުގައި ރާއްޖޭގެ ގިނަބައެއް ވައިބާ ބޭނުން ކުރަމުންދާއިރު، އުރީދޫ އިން ވަނީ ވަރަށް އަގުހެޔޮކޮށް ވައިބާ ބޭނުންކުރެވޭ ޗެޓް ޕެކްތަކެއް ތައާރަފްކޮށްފައެވެ.
އެއް ދުވަހު ވައިބާ ބޭނުންކުރެވޭ ގޮތަށް ތައާރަފްކޮށްފައި ވާ "ވައިބާ5" އިން ފަސް ރުފިޔާއަށް 30 އެމްބީއާ ހަމައަށް ވައިބާ ބޭނުން ކުރެވެއެވެ. އަދި "ވައިބާ11" ޕެކޭޖުން 11 ރުފިޔާއަށް ފަސް ދުވަހުގެ ތެރޭގައި 80 އެމްބީއާ ހަމައަށް ވައިބާ ބޭނުންކުރެވެއެވެ.