ސްރީ ލަންކަން އެއާލައިންސް އިން ދެބޭފުޅަކަށް ލަންކާ ދެކޮޅު ޓިކެޓު ލިބޭ ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އެފަރާތުން މައުލޫމާތު ދީފައިވާގޮތުން މިއީ ސްރީލަންކަން އެއާލައިންސް މޯލްޑިވްސްގެ ފޭސްބުކް ޕޭޖް ލޯންޗު ކުރުމާއި ގުޅިގެން ފެށި ޕްރޮމޯޝަނެކެވެ.
ވަރަށް ކުޑަކުޑަ މަސައްކަތަކުން ވަރަށް އަގުހުރި އިނާމެއް ލިބިދޭ މިޕްރޮމޯގައި ބައިވެރިވެލެއްވުމަށް ޕޭޖް ލައިކް ކުރެއްވުމަށްފަހު ތިރީގައި މިވާ ޕޯސްޓުގައި 5 ރައްޓެއްސަކު ޓެގް ކުރައްވައި ޓައިމްލައިނަށް ޕޯސްޓު ޝެއާ ކުރައްވާނީއެވެ.
އަންނަ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާ މިޕްރޮމޯގައި ލަސް ނުކުރައްވައި އަވަހަށް ބައިވެރިވެ ވަޑައިގަންނަވާށެވެ. މިހާތަނަށްވެސް ދެހާހަށްވުރެ ގިނަ މީހުން ވަނީ ޕްރޮމޯގައި ބައިވެރިވެ ޕޯސްޓު ޝެއާކޮށްފައެވެ.