Last Updated: June 26, 03:21
Friday, June 26, 2026
ޚަބަރު

ހިތަދޫ ހޮސްޕިޓަލުގެ އޯޕީޑީގައި އެންމެ ޑޮކްޓަރެއް!

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އޯޕީޑީގައި އެންމެ ޑޮކްޓަރަކު ހުރުމުގެ ސަބަބުން ޑޮކްޓަރަށް ދެއްކުމަށް ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހޭތީ ގިނަ ބަޔަކު ޝަކުވާ ކުރަމުންއެބަދެ އެވެ.

'އައްޑޫލައިވް' އަށް އެނގިފައިވާ ގޮތުގައި ހިތަދޫ ހޮސްޕިޓަލުގެ އޯޕީޑީގައި އާންމު ބަލިތަކުގެ އެންމެ ޑޮކްޓަރަކު ހުރުމުގެ ސަބަބުން، އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ހަމުގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރު ވަނީ އޯޕީޑީ ޑިއުޓީއަށް ނެރެފައެވެ. އެކަމާއި ގުޅިގެން ހަމުގެ ޑޮކްޓަރު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ހޮސްޕިޓަލުގެ އޮފިޝަލަކު ބުނި ގޮތުގައި، އެތަނުގައި މެޑިކަލް އޮފިސަރުންގެ ގޮތުގައި 7 ޑޮކްޓަރުން މަސައްކަތް ކުރަމުން ގެންދާއިރު އޭގެ ތެރެއިން 3 ޑޮކްޓަރުން މިވަގުތު ތިބީ ޗުއްޓީގައެވެ.

" 2 ޑޮކްޓަރުން އާއިލީ ޒިންމާ، އަނެއް ޑޮކްޓަރު އެނުއަލްގައި. ހަމުގެ ޑޮކްޓަރު ހުރީ ވަރަށް ހިތްހަމަ ނުޖެހިފައި. އޭނާ ޖެހޭނެ ހަވީރު ވެސް ޑިއުޓީ ނަގަން."

ހިތަދޫ ހޮސްޕިޓަލުގެ ޚިދުމަތްތަކާއި ބެހޭގޮތުން އާންމުންގެ ޝަކުވާ އިތުރުވެފައިވާ ކަން ފާހަގަކޮށްލެއެވެ.